ޖެނީވާ (2 ޖޫން)- އިމަޖެންސާތަކުގައި ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބުލިޔޫއެޗްއޯ) އިން ސިނޮވެކް ވެކްސިން ހުއްދަ ކޮށްފި އެވެ.
މިއާއެކު އެ ޖަމިއްޔާއިން ވަނީ ސިނޮވެކް ވެކްސިން އުފައްދާ ކުންފުނިތަކަށާއި އިންވެސްޓަރުންގެ އިތުރުން ސިއްހީ ޚިދުމަތް ދޭ ފަރާތްތަކަށް އެ ވެކްސިނަކީ ވެކްސިންތަކާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ވެކްސިނެއްކަމުގެ ޔަގީންކަން ދީފަ އެވެ.
ސިނޮވެކް ވެކްސިން ފަދަ އިތުރު ވެކްސިން މި ވަގުތު ދުނިޔެއަށް ބޭނުންވެފައިވާ ކަމަށާއި ކޮވެކްސް ޕްރޮގްރާމް ގައި ބޭނުންކުރުމަށް ގިނަ ވެކްސިން ލިބުމަކީ ޕެންޑަމިކް ކޮންޓްރޯލްކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.
އެ ޖަމިއްޔާގެ އެމެޖެންސީ ޔޫޒް ލިސްޓިންއަކީ މި ވަގުތު ދުނިޔެއަށް ބޭނުން ޖެހިފައިވާ ވަރަށް ވެކްސިން ފޯރުކޮށް ދިނުމަށް އެ ޖަމިއްޔާއިން ބަލާ މިންގަނޑުތަކަށް ފެތޭ ވެންސިންތަކަށް ދެވޭ ހުއްދައެކެވެ.
މި ހުއްދަ ދޭއިރު ޑަބްލިޔުއެޗްއޯއިން ބަލާ ކަންތައްތަކުގެ ތެރޭގައި ވެކްސިންގެ ކޮލިޓީ އާއި ރައްކާތެރިކަމާއި އެ ވެކްސިނަކުން ބަލިން ރައްކާތެރިކޮށްދޭ މިންވަރު ހިމެނެ އެވެ.
މީގެ ކުރިން އިމަޖެންސީ ލިސްޓިންގައި ހިމަނާފައިވާ ވެކްސިންތަކުގެ ތެރޭގައި ފައިޒާ، އެސްޓްރާޒެނެކާ، މޮޑާނާ އަދި ސިނޮފާމް ހިމެނެ އެވެ. -- ޑަބްލިޔުއެޗްއޯ
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް