ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރި/މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނީ އަމަލާއި ލާޖައްސާ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ގެވެށި އަނިޔާގެ ތުހުމަތުކުރުމާ އެކު، އޭނާ އަކީ ކުރިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ބޭފުޅަކަށް ވާތީ އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފާޑު ކިޔާތީ އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.
މިނިސްޓަރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަކީ ރާއްޖޭގެ އިގުތިސޯދުގެ ފަޚުރުވެރި ދިފާއީ ބަތޮލުން ކަމަށެވެ.
އީސާއަށް ނިސްބަތް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ރިސޯޓްގެ ރޫމް ބޯއީ އެއް މަޖިލިސް މެމްބަރަކަށްވީމާ ފެންވަރު އޮޅޭނެ ކަމަށެވެ.
މިޓްވީޓަށް ގިނަ ބަޔަކު އަންނީ ފާޑުކިޔަމުންނެވެ. އެންމެ މީހަކު ކުރާ ކަމަކުން މުޅި ފަތުރުވެރިކަމުގެ ދާއިރާ އެންމެންނަށް ހުތުރުވާ ގޮތަށް ވާހަކަ ނުދެއްކުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
ޢީސަޔަކީ ހަމަ ބަ**