ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން ސަސްޕެންޑުކުރަން ނިންމީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.
މި ބަޔާން ނެރެފައިވަނީ ގާޒީ އިހްސާން ސަސްޕެންޑްކުރި މައްސަލައާ ގުޅުވައި، ސިވިލް ކޯޓަށް މިހާރު ހުށަހެޅިފައިވާ އެހެން މައްސަލައަކާ ގުޅުވައިގެން މީޑިއާތަކުން މައުލޫމާތު ފަތުރަމުންދާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، މި މައްސަލައިގައި ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް، ގާޒީގެ ބަޔާން ނެގުމުގެ އިތުރުން ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކުގެ ބަސްވެސް ވަނީ ހޯދާފަ އެވެ.
ގާޒީ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މި ނިންމުން ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟
ދަންވަރު އަމުރެއް ނެރުމުން ގާޒީ އިހްސާން ސަސްޕެންޑްކޮށްފި
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
