ގދ. މަގުއްދުވާގައި "އަޔާޑާ މޯލްޑިވްސް"ގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުގެ ހެޑް ލީސް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތެއް ހިނގަމުންދާ ކަމަށް ބުނެ، އެކަމުގެ ހަގީގަތް ހާމަކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ގޮވާލައްވައިފި އެވެ.
މެންބަރު މުހައްމަދު އިބްރާހީމް، އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ވަނީ، 2006 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީއަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ މަގުއްދުވާގެ ހެޑް ލީސް، އެ ރަށް މިހާރު ސަބް-ލީޒްގެ ދަށުން ހިންގަމުންދާ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ވިއްކާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ރަށުން އެމްޓީޑީސީއަށް ކޮންމެ ކުއާޓަރަކު ގާތްގަނޑަކަށް 1.2 މިލިއަން އެމެރިކާ ޑޮލަރުގެ ދާއިމީ އާމްދަނީއެއް ލިބެމުންދަނިކޮށް، މިފަދަ ނިންމުމެއް ނިންމުމަކީ ކުންފުނީގެ ހިއްސާދާރުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަން މެންބަރު ފާހަގަކުރެއްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މެންބަރު ވަނީ މި މުއާމަލާތާ ގުޅޭ އަށް މައުލޫމާތެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހެޑް ލީސް ވިއްކާލުމަށް މަޝްވަރާ ކުރެވެމުންދޭތޯއާއި، އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭނެ މަންފާއާއި ގެއްލުމުގެ އެސެސްމަންޓެއް ހަދާފައިވޭތޯ ހިމެނެއެވެ. އަދި މި މުއާމަލާތުގެ ސަބަބުން ހިއްސާގެ ބާޒާރުގައި އެމްޓީޑީސީގެ އަގަށް ކުރާނެ އަސަރާއި، ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ނިޔާޒް ނުވަތަ ބޯޑު މެންބަރަކު މިކަމާ ދެކޮޅު ހަދާފައިވޭތޯ ސާފުކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޓީޑީސީއަކީ ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ، މިފަދަ ބޮޑެތި މުއާމަލާތްތައް ހާމަކަމާއެކު ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މެންބަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު: ނަޝީދު
ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، ސަރުކާރަށްވެސް ނުކުރެވޭނެ: އުއްޗު
މިނިވަން ދުވަހު ދެއްކި ވާހަކަތަކަކީ ގައުމަށްޓަކައި ދެއްކި