ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ, މާލެ / ސްޓާ، މުޙައްމަދު ރަޒީން, 50, އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. މަރުވެފައި އޮތް މީހާ ފެނިފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުރި ގެސްޓްހައުސްއެއްގެ ތިންވަނަ ބުރީގެ ކޮޓަރިއެއްގެ ތެރެއިންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ދަނީ އެ ސަރަހައްދުގައި އިތުރަށް ތަހުގީގު ހިންގަމުންނެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި
ދައުރު ނިމުމުގެ ކުރިން ހައުސިން މަޝްރޫއުތައް ނިންމާ ހަވާލުކުރަނީ