މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރައަށް ހިނގާ ހަރަދުގެ ތަފުސީލުތައް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް މިއަދު އަންގައިފި އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، 2023 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިކުރި ނުވަތަ އިސްތިއުފާދިން މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންނަށް ދައުލަތުން ކުރި ހޭދައިގެ ތަފުސީލުތައް ހޯދުމަށެވެ. މި މައުލޫމާތު ދޫނުކުރެވޭނެ ގާނޫނީ ސަބަބެއް ރައީސް އޮފީހަށް ދެއްކިފައިނުވާތީ، އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވަނީ ހޯދަން އެދުނު މިންވަރަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އަންގަވާފަ އެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މައުލޫމާތުތައް ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެކަމުގެ އިންޒާރު އިންފޮމޭޝަން ކޮމިޝަނަރު ވަނީ ދެއްވާފަ އެވެ. މީގެ ކުރިން މާޗު މަހުގެ 8 ވަނަ ދުވަހުވެސް މި މައުލޫމާތު ހާމަކުރުމަށް 10 ދުވަހުގެ މުހުލަތެއް ރައީސް އޮފީހަށް ދީފައިވެ އެވެ. ނަމަވެސް އެ މުއްދަތުގައި މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހުން ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ އެކަން ނިމުމުން މައުލޫމާތު ހާމަކުރާނެކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ސަރުކާރުން އެ އަދަދުތައް ހާމަނުކުރަނީ ވައުދުވީ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ސިޔާސީ މުވައްޒަފުން ނަގާފައިވާތީ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިސްރުގެ ކާމިޔާބީ ހާއްސަކުރީ ފަލަސްތީނުގެ ރައްޔިތުންނަށް
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
