ބޮލީވުޑްގެ ސުޕަރސްޓާރު ސަލްމާން ހާންއާއި އޭނާގެ އާއިލާ މުމްބާއީގެ ބާންދްރާގައި ހުންނަ މަޝްހޫރު "ގެލެކްސީ އެޕާޓްމަންޓްސް" ގައި ދިރިއުޅެމުންދާތާ 52 އަހަރު ވެއްޖެ އެވެ.
އެހެން ނަމަވެސް 1974 އިން ފެށިގެން އެމީހުންގެ މުޅި ހަޔާތް ބިނާވެފައިވާ މި ތާރީހީ މާހައުލު ދޫކޮށް، އާ ގެއަކަށް ބަދަލު ވުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެއް އެކްޓަރަށް ވީ ނަމަވެސް ސަލްމާން މިހާތަނަށް އުޅެމުން ދިޔައީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމަންޓެއްގަ އެވެ. އޭނާގެ މައިންބަފައިން އުޅެނީ އޭނާގެ އެޕާޓްމަންޓްގެ މަތީ ފަންގިފިލާގަ އެވެ.
ސަލްމާން ބޮޑެތި ބަންގްލޯތަކުގެ ބަދަލުގައި މި ކުޑަ އެޕާޓްމަންޓް އިހްތިޔާރުކުރި ސަބަބު ކުރީގެ އިންޓަވިއުއެއްގައި ކިޔައިދީފައިވެ އެވެ. އޭނާ ބުނިގޮތުގައި، އެ އިމާރާތަކީ ހަމައެކަނި އެޕާޓްމަންޓެއް ނޫނެވެ. އެއީ މުޅި އާއިލާގެ އެތައް ހަނދާންތަކެއް ގުޅިފައިވާ ތަނެކެވެ.
ކުޑައިރުއްސުރެ އިމާރާތުގެ އެހެން ކުދިންނާއެކު ކުޅެ ބޮޑުވި ގޮތާއި، މުޅި އިމާރާތަކީ އެއް އާއިލާއެއްގެ ގޮތުގައި އުޅުނު އުޅުން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާގެ ބައްޕަ، މަޝްހޫރު ލިޔުންތެރިޔާ ސަލީމް ހާންގެ ބުރަ މަސައްކަތުން ހޯދި މި ފްލެޓްގެ އަގު މިހާރު 100 ކްރޯޑަށްވުރެ މައްޗަށް އަރަ އެވެ.
ސަލްމާން އާއިލާއާއެކު ބަދަލުވާން ނިންމާފައިވަނީ ބާންދްރާގެ ޗިމްބާއީ ރޯޑުގައި އަލަށް ބިނާކުރާ ހަ ބުރީގެ އަމިއްލަ އިމާރާތަކަށެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ސަލާމަތީ ކަންކަމާއި ޕްރައިވެސީ އެވެ.
2024 ވަނަ އަހަރު ބިޝްނޯއީ ގޭންގުން ގެލެކްސީ އެޕާޓްމަންޓް ބޭރަށް ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ވަނީ ވައި-ޕްލަސް ލެވަލްއަށް މަތިކޮށްފަ އެވެ.
ގެލެކްސީ އެޕާޓްމަންޓަކީ އާންމު މަގުމައްޗަށް ވަރަށް ބޮޑަށް ހުޅުވިފައިވާ ތަނަކަށް ވުމުން، ސަލާމަތީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އަލަށް ހަދާ ހަ ބުރީގެ އިމާރާތް ހުންނަނީ ތަންކޮޅެއް އެކަހެރި އަދި ހަމަހިމޭން ސަރަހައްދެއްގަ އެވެ.
މިއީ ސަލްމާންގެ މަންމަ ސަލްމާ ޚާންގެ ނަމުގައި އޮތް ބިމެއްގައި ހަދާ ތަނެކެވެ. މި އާ އިމާރާތުގެ ސަބަބުން އާއިލާއަށް ފުރިހަމަ ސަލާމަތްތެރިކަމާއި މިނިވަންކަން ލިބިގެންދާނެ އެވެ.
ހުޅުމާލޭ ފްލެޓެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
"ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު އެމްއައިބީ އަދި އެލައިޑަށް