ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ދިން ކޮންސެޓެއްގެ ތެރެއިން، މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ސްޓޭޖް މައްޗަށް ވެއްޓުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކޮންސެޓްގެ ތެރެއިން އޭނާ ކުއްލިއަކަށް އަރި އަޅަމުން ގޮސް ސްޓޭޖް މައްޗަށް ވެއްޓެ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ފުރަތަމަ ހީކުރީ މިއީ އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން (36 ޑިގްރީ ސެލްސިއަސް އާ ގާތްކުރާ މިންވަރަށް ހޫނުމިން ހުރުމުން) ދިމާވި ކަމެއް ކަމަށެވެ.
އެއާއެކު އޭނާއަށް އެ އުނދަގޫތައް ކުރިމަތިވަމުން ދިޔައިރު އޭނާގެ ޓީމަށް އެކަން ފާހަގަނުވީ ކީއްވެތޯ ބައެއް ފޭނުން ވަނީ ސުވާލު އުފައްދާފަ އެވެ.
ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން ހެރީ ސްޓައިލްސް ވެއްޓުނީ ހޫނުގަދަވެގެނެއް ނޫނެވެ. ޓީއެމްޒީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވެއްޓުނީ، ކޮންސެޓްތަކުގައި އާންމުކޮށް އޭނާ ހަދާ "ވޭލް" ސްޓަންޓް (އަނގައިން ފެން ސްޕްރޭ ކުރުން) ހަދަން އުޅުމުގެ ތެރޭގައި ފެންފޮދަކަށް ކޮށި އަރައިގެންނެވެ.
ފެންފޮދު ބުއިމަށްފަހު ވައިގެ ތެރެއަށް ބުރުވާލުމުގެ ބަދަލުގައި، އޭނާއަށް ފެންފޮދު އެތެރެއަށް ދަމައިގަނެވުމުގެ ސަބަބުން ކޮށިއަރައި ބެލެންސް ގެއްލުނީ އެވެ.
"އޭޒް އިޓް ވޯޒް" ލަވަ ކިޔަމުން ދަނިކޮށް ހިނގި މި ހާދިސާގައި، އޭނާ މޭމަތީގައި އަތްއަޅައިގެން ނޭވާލާން އުނދަގޫވެގެން އުޅޭ މަންޒަރު ފެނެ އެވެ.
ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލައަށް ތެދުވެ ފޭނުންނަށް އަތްހޫ ރާލުމަށްފަހު އޭނާ ވަނީ ސްޓޭޖުން ފައިބާފަ އެވެ. މި ހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.
މި ކޮންސެޓްތަކަށްފަހު ހެރީ ސްޓައިލްސް ދެން ދާނީ ބްރެޒިލް އަދި މެކްސިކޯގެ ޝޯ ތަކަށެވެ. އެއަށްފަހު އެމެރިކާގެ ނިއު ޔޯކްގައި 30 ޝޯއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
"އާވާރާޕަން 2"އާއެކު އިމްރާންގެ ޖާދޫ އަލުން ސިނަމާތަކަށް!
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަނީ