ކޮވިޑު-19 ގައި މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކ. މާފުށީގައި މިއަދު ހެނދުނު 9:45 ހާއިރު މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އަދި އެއީ ކޮވިޑު ޖެހިގެން މަރުވި 87 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު އެންމެ ފުރަތަމަ މަރުވީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައި އޮތް 75 އަހަރުގެ ދިވެހި އަންހެނަކެވެ. އޭގެ ފަހުން، ބ. އޭދަފުށީގައި ކަރަންޓީނުގައި ހުއްޓާ މަރުވި 85 އަހަރުގެ ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ރާއްޖެ އިން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވި ދުވަހެވެ. އެ ދުވަހު ފަސް މީހަކު މަރުވެފައިވެ އެވެ. ޖެހިގެން އައި ހުކުރު ދުވަހު ހަތަރު މީހަކު މަރުވި އެވެ.
ކޮވިޑު 19 އިގެ ހަތަރު ވަނަ ރާޅާއެކު އެތައް ބަޔަކު ޕޮޒިޓިވްވެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!