ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މައްސަލަ މިއަދު ބޭރުކޮށްލައިފި އެ
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައޫސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ތަހުގީގު މަރުހަލާގައި ގާނޫނާ ޚިލާފަށް ހެކި ހޯދާފައިވާތީ އެވެ. އެއީ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށްޓަކައި ސާމްޕަލް ނެގުމުގައި ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ވެސް އެކޯޓުން ނިންމި ނިންމުގައި ވަނީ ބުނެފަ އެވެ.
ތަހުގީގު މަރުހަލާގައި ހަނު ހުރެފައި ވަނިކޮށް ސާމްޕަލް ނެގުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފް ކަމަކަށް ވާތީ އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި އެންމެ މުހިންމު ދެ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމުމާ އެކު، ދެން ހުރި ހެކިތަކުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ މައްސަލާގަ އެވެ. އަބްދުއްރަހީމް ވަނީ މި ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
6 އަހަރަށްފަހު ޕްރިންސް ހެރީއާއި މޭގަން އިނގިރޭސި ވިލާތަށް!
އެމެރިކާއާ ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނުން: އީރާން
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟