ލ. ކައްދޫ އެއާޕޯޓަށް 40 މިނިޓުން ދެވޭ އެ އަތޮޅު އިސްދޫގައި އެއާޕޯޓެއް އަޅަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ ރަށަކީ ލ. އަތޮޅުގެ އެންމެ އުތުރަށް އޮންނަ ރަށެވެ. ސަރުކާރުން ބުނީ އެ އެއާޕޯޓްގެ ސަބަބުން އެ އަތޮޅު ދަނބިދު އާއި މާބައިދޫގެ ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ރަށްތަކެއްގައި އެއާޕޯޓް އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއްވެސް މަސައްކަތެއް އަދި ނުނިމެ އެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކައިރި ކައިރީގައި ގިނަ އެއާޕޯޓްތަކެއް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވާއިރު، އެކަމުގެ ސަބަބުން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އިގްތިސޯދީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
