އައްޑޫ ސިޓީގައި މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ "ޑްރަގް ކެފޭ" އެއް ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން މި ނެރުނު އަމުރާއެކު، އެ ރަށު "އުއްމީދުގެ" ޖޫން 15 އިން ފެށިގެން ކުރިއަށް އޮތް 90 ދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފަ އެވެ.
އަމުރުގެ މުއްދަތުގައި އެއްވެސް ހުއްދައެއް ނެތި އެ ތަނަށް ވަދެނުކުމެ އުޅުމަކީ ބޮޑު ކުށެކެވެ. ގާނޫނާ ހިލާފަށް އެތަނަށް ވަންނަ ފަރާތްތަކާއި، ބަންދުކޮށްފައި ހުންނަ އިމާރާތަށް އެކި ގޮތް ގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ އައްޑޫ ސިޓީގައި ބަންދުކުރި ދެވަނަ ޑްރަގް ކެފޭ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރަން ހިތްވަރުދޭ މިފަދަ ހުރިހާ ނެޓްވޯކްތަކާއި ސިއްރު ތަންތަން ހޯދައި، ގާނޫނީ އިމުގެ ތެރެއިން އެއްކޮށް ނައްތާލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ އެވެ.
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން