ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ، ޕެންޝަން ފަންޑަށް ޖަމާނުވާ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކަން ހައްލު ކުރަން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ކުންފުނީގެ މާލީ ދަތިތަކާ ހުރެ މުވައްޒަފުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނާތީ، ވެމްކޯގެ މުވައްޒަފުން ދަނީ ނުރުހުން ފާޅުކޮށް ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރަމުންނެވެ.
ޕެންޝަން އޮފީހުގެ ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައި ވަނީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވޭތުވެދިޔަ 19 މަސްދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް ފަންޑަށް ވަދެފައެއް ނުވެ އެވެ.
ޕެންޝަން ގާނޫނު ބުނާގޮތުން ވަޒީފާ ދޭ ފަރާތުން ދޭ ހަތް އިންސައްތައާއި، މުވައްޒަފުގެ މުސާރައިން އުނިކުރާ ހަތް އިންސައްތާއާއެކު، ޖުމުލަ 14 އިންސައްތައިގެ ފައިސާ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެ އެވެ. މުވައްޒަފުންގެ އަތުން ގަވާއިދުން ހަތް އިންސައްތަ ކަނޑަމުން ދަނިކޮށް، އެ ފައިސާ ފަންޑުން ނުފެނުމަކީ މުވައްޒަފުންގެ މުސްތަގުބަލަށް އޮތް ބިރެކެވެ.
ވެމްކޯއިން ބުނީ މިއީ މުވައްޒަފުންގެ ހައްގަކަށް ވާތީ، ކުންފުނީގެ ހިންގުމުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ހައްލުކުރަން އުޅޭ މައްސަލައަކީ މިއީ ކަމަށެވެ.
ސްކްރީންތަކުން ކުޑަ ކުދިންގެ ސިކުނޑިއަށް ނޭދެވޭ އަސަރުކުރޭ!
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ
ހައިޓީ ބަލިކޮށް ސްކޮޓްލޭންޑަށް ރަނގަޅު ފެށުމެއް