ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެ, އެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމެންޓްތަކެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށް, ބައްސާމްގެ މައްޗަށް ވަނީ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނި ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން އެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ.
އެހެންކަމުން ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލަ ނިމެންދެން އެ ދެ އެޕާޓްމެންޓްގެ މިލްކުވެރިކަން ބަދަލުވެދާނެ ފަދަ ކަމެއް ނުކުރުމަށާއި އަދި އެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ.
ހައި ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު, އެ މައްސަލާގެ އިތުރުން އެފްއޭއެމްއާ ގުޅޭ އިތުރު މައްސަލަތަކެއްގައި ވެސް ބައްސާމްގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އަދި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް އެ މައްސަލަތަކާ ގުޅިގެން އޭނާއަށް ވަނީ އިއްވައިފަ އެވެ.
އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނުކުރައްވައިފި
އަޒާނާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ނަގަން އަމުރެއް
އިހުސާންގެ ވައްކަމުގެ ވާހަކަ ދެންނެވުމުން ރައީސް ދެއްވީ އިންޒާރު