ހޮލީވުޑްގެ ރެޑް ކާޕެޓްތަކުންނާއި، މިއުޒިކް ވީޑިއޯތަކުން އަދި ފިލްމުތަކުން އަހަރެމެންނަށް އަބަދުވެސް ފެންނަނީ ދުނިޔޭގެ މަޝްހޫރު ތަރިން ވަރަށް ގަދައަށް މޭކަޕްކޮށް ތަފާތު ހެދުންތަކުގައި ތިބޭ މަންޒަރެވެ.

ނަމަވެސް، ފަހަކަށް އައިސް ގިނަ ތަރިން ދަނީ މޭކަޕާ ނުލައި، އެމީހުންގެ ހަގީގީ އަދި ސާދާ ސޫރަ ނުވަތަ "ނޯ މޭކަޕް ލުކް" ސޯޝަލް މީޑިއާގައި ހިއްސާކޮށް، ގުދުރަތީ ރީތިކަން ބަލައިގަތުމަށް ހިތްވަރު ދެމުންނެވެ.

1. ޓޭލާ ސްވިފްޓް

ޓޭލާ ސްވިފްޓް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ މިއުޒިކް އައިކަން، ޓޭލާ ސްވިފްޓް އަކީ އާއްމުކޮށް ރެޑް ކާޕެޓުން އޭނާގެ ސިގްނޭޗާ "ރެޑް ލިޕްސްޓިކް" އާއި "ކެޓް-އައި" ލައިނާއާއެކު ފެންނަ ތަރި އެކެވެ. ނަމަވެސް، ގޭގައި އުޅޭއިރު ނުވަތަ އަމިއްލަ ބައެއް ފޮޓޯތަކުގައި އޭނާ މޭކަޕާ ނުލައި ފެންނައިރު ވެސް އޭނާގެ ސާފު ދޮން ހަމާއި، ނޫކުލައިގެ ދެލޮލުގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ. ބެލުންތެރިން ބުނާ ގޮތުގައި މޭކަޕާ ނުލައި ޓޭލާ ފެންނަނީ މާ ޒުވާންކޮށް އަދި މާ ސާދާ ކޮށެވެ.

2. ސެލީނާ ގޯމޭޒް

ސެލީނާ ގޯމޭޒް

މިއުޒިޝަން އަދި އެކްޓްރެސް ސެލީނާ ގޯމޭޒް އަކީ އަމިއްލަ މޭކަޕް ބްރޭންޑެއް ކަމަށްވާ "ރެއާ ބިއުޓީ"ގެ ވެރިޔާ އެވެ. ނަމަވެސް އޭނާ ދަނީ މޭކަޕާ ނުލައި އިންސްޓަގްރާމްގައި އެންމެ ގިނައިން ފޮޓޯ ހިއްސާކުރާ އެއް ތަރިއަށް ވެފަ އެވެ. ސެލީނާ ބުނާ ގޮތުގައި އަމިއްލަ ހަށިގަނޑާއި ހަމުގެ އުނި ކަންތައްތަކާއެކު އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ އެންމެ މުހިއްމު ކަމެވެ. މޭކަޕާ ނުލައި އޭނާގެ މޫނުން ފެންނަ މައުސޫމްކަމަށް އެތައް މިލިއަން ފޭނުން ތައުރީފުކުރެ އެވެ.

3. ރިއާނާ

ރިއާނާ

ބިއުޓީ އެމްޕަޔާ "ފެންޓީ ބިއުޓީ"ގެ ފައުންޑަރ ރިއާނާ އަކީ މޭކަޕްގެ ދުނިޔޭގައި ރާނީއެއް ފަދަ ތަރިއެކެވެ. ނަމަވެސް، އޭނާގެ ހަމުގެ ދުޅަހެޔޮކަމާއި، މޭކަޕް ނުކޮށް ހުންނައިރު މޫނުން ފެންނަ "ގްލޯ" ނުވަތަ އުޖާލާކަމަކީ ގިނަ ބަޔަކު ހަސަދަވެރިވާ ފަދަ ރީތި ކަމެކެވެ. ރިއާނާ ގަބޫލުކުރާ ގޮތުގައި މޭކަޕަކީ އަމިއްލަ ސޫރަ ފޮރުވަން ބޭނުންކުރާ އެއްޗަކަށް ވެގެން ނުވާނެ އެވެ.

4. ޖެނިފާ ލޮޕޭޒް

ޖެނިފާ ލޮޕޭޒް

އުމުރުން 50 އަހަރުން މަތިވެފައިވީ ނަމަވެސް، ޖޭލޯއަކީ އަދިވެސް ދުނިޔޭގެ އެންމެ ރީތި އެއް އަންހެނާ އެވެ. އޭނާގެ ހަމުގެ ޒުވާންކަން ހިފެހެއްޓިފައިވާ މިންވަރު ފެންނަނީ ހެނދުނު ހޭލައިގެން މޭކަޕާ ނުލައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތަކުންނެވެ. ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ ސަބަބުން އޭނާގެ މޫނު މަތިން މޭކަޕްއާ ނުލާ ވެސް ފެންނަނީ ދިރުމެވެ.

5. ކެންޑަލް ޖެނާ

ކެންޑަލް ޖެނާ

ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު ސުޕަމޮޑެލް، ކެންޑަލް ޖެނާއަކީ ކެޓްވޯކް ތަކުންނާއި ފެޝަން މެގަޒިން ތަކުގެ ކަވަރުން އަބަދުވެސް ފެންނަ ތަރިއެކެވެ. ނަމަވެސް، އޭނާ އަކީ އާންމު ދިރިއުޅުމުގައި މޭކަޕްއާ ނުލައި އުޅެން އެންމެ ލޯބިކުރާ އެއް ސެލެބްރިޓީ އެވެ. އޭނާގެ "ފްރެކްލްސް"އާއެކު ނަގާފައިވާ ގުދުރަތީ ފޮޓޯތަކުން އޭނާގެ ހަމުގެ ގުދުރަތީ އުޖާލާކަން ފެނިގެންދެ އެވެ.

6. ބެލާ ހަދީދް

ބެލާ ހަދީދް

މިއަދުގެ ފެޝަން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް މޮޑެލް ކަމަށްވާ ބެލާ ހަދީދް އަކީ އޭނާގެ ތަފާތު "ފޭޝަލް ފީޗާސް" ނުވަތަ މޫނުގެ ބައްޓަމަށް މަޝްހޫރު ތަރި އެކެވެ. ހެނދުނު ހޭލައިގެންނާއި ސްކިންކެއާ ރޫޓިންތައް ހަދާއިރު އެއްގޮތަކަށް ވެސް މޭކަޕް ނުކޮށް އޭނާ ހިއްސާކުރާ ފޮޓޯތަކުން އޭނާގެ ކޯތާފަތުގެ ކަށިގަނޑާއި ދެލޮލުގެ ގުދުރަތީ ރީތިކަން ހާމަވެ އެވެ.

7. ކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން

ކާޑޭޝިއަން އާއިލާގެ އެންމެ މަޝްހޫރު ތަރި ކިމް އަކީ ދުނިޔެއަށް "ކޮންޓޯރިންގް" މޭކަޕް ޓްރެންޑް ތަޢާރަފް ކޮށްދިން ތަރި އެވެ. އޭނާ އަބަދުވެސް ފެންނަނީ ފުރިހަމަ މޭކަޕެއްގަ އެވެ. ނަމަވެސް، ދާދިފަހުން އޭނާގެ އަމިއްލަ ސްކިންކެއާ ބްރޭންޑް އިޝްތިހާރު ކުރުމަށާއި، ޓިކްޓޮކް ވީޑިއޯ ތަކުގައި މޭކަޕް މުޅިން ފިލުވާލައިގެން ފެނުމުން ފޭނުން ވަނީ ހައިރާންވެފަ އެވެ. މޭކަޕްއާ ނުލައިވެސް ކިމްގެ މޫނު މަތިން ފެންނަނީ ތަފާތު، ސާދާ ރީތި ކަމެކެވެ.

8. ކައިލީ ޖެނާ

ކައިލީ ޖެނާ

ބިލިއަނަރު އަދި "ކައިލީ ކޮސްމެޓިކްސް" މޭކަޕް ކުންފުނީގެ ވެރިޔާ ކައިލީ ޖެނާ އަކީ މޭކަޕްގެ ރާނީއެއްގެ ގޮތުގައި ބެލެވޭ ތަރިއެކެވެ. ނަމަވެސް، އޭނާގެ ދަރިންނާއެކު ގޭގައި ހޭދަކުރާ ވަގުތުތަކުގައި ނަގާފައިވާ "ނޯ-މޭކަޕް ސެލްފީ" ތަކުން އޭނާގެ މޫނުގައި ހުންނަ ގުދުރަތީ ބްލެމިޝްތަކާއި ފްރެކްލްސްތައް ފެނެއެވެ. ފޭނުން ބުނާގޮތުގައި ބަރު މޭކަޕްތަކަށްވުރެ ކައިލީ މޭކަޕާ ނުލައި މާ ރީއްޗެވެ.

9. ކްރިސް ޖެނާ

ކްރިސް ޖެނާ

ކާޑޭޝިއަން-ޖެނާ އާއިލާގެ މަންމަ އަދި މެނޭޖަރު ކްރިސް ޖެނާ އަކީ އުމުރުން ދުވަސްވީ ނަމަވެސް އަބަދުވެސް ވަރަށް ފެޝަން ކޮށް، ފުރިހަމަ މޭކަޕެއްގައި ފެންނަ އަންހެނެކެވެ. ނަމަވެސް އޭނާގެ ދަރިން އިންސްޓަގްރާމްގައި ހިއްސާކުރާ ބައެއް ފޮޓޯތަކުގައި މޭކަޕްއާ ނުލާ ހުންނައިރުވެސް އޭނާގެ ހަމުގެ ދުޅަހެޔޮކަމާއި ޒުވާންކަން ފާހަގަކުރެވެ އެވެ.

10. ކާޑީ ބީ

ކާޑިބީ

ރެޕް މިއުޒިކްގެ ތަރި ކާޑީ ބީއަކީ އޭނާގެ ދިގު އެސްފިޔަތަކާއި، ކުލަގަދަ މޭކަޕްތަކާއި، ދިގު ނިޔަފަތިތަކަށް މަޝްހޫރު މީހެކެވެ. ނަމަވެސް، ކާޑީ ބީ އޭނާގެ ހަގީގީ ސޫރަ ފޭނުންނަށް ދައްކަން އެއްގޮތަކަށްވެސް ޖެހިލުމެއް ނުވެވެ. މޭކަޕެއް ނެތި، އިސްތަށިގަނޑު ހޭވިފައި ހުންނައިރު ވީޑިއޯތައް ހަދައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އޭނާ ދައްކުވައިދެ އެވެ.

މި ސެލެބްރިޓީންގެ "ނޯ-މޭކަޕް" ފޮޓޯތަކުން މުޖުތަމައުއަށް ދޭ ވަރަށް ބޮޑު މެސެޖެއްވެ އެވެ. އެއީ މޭކަޕަކީ ރީތިވުމަށް އޮތް ހަމައެކަނި ވަސީލަތް ނޫން ކަމެވެ. ހަގީގީ ރީތިކަމަކީ ހަމުގެ ދުޅަހެޔޮ ކަމަށް ސަމާލުކަންދީ، އަމިއްލަ ސާދާ ސޫރައަށް އިތުބާރު ކުރުމެވެ.