ހޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ޖޭމްސް ކެމަރަން ވަނީ އޭނާގެ މަޝްހޫރު ފްރެންޗައިޒް "އެވަޓާ"ގެ ކުރިއަށް ހުރި ފިލްމުތަކާ ބެހޭގޮތުން މުހިއްމު ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
އެވެޓާގެ ތިންވަނަ ބައި "އެވަޓާ: ފަޔާ އެންޑް އޭޝް" 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާއިރު، ކެމަރަން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ފިލްމު ހެދުމުގެ ޕްރޮސެސް އަވަސްކޮށް، ހަރަދު ކުޑަކުރުމަށެވެ.
ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކެމަރަން ބުނީ އެވަޓާ 4 އަދި އެވަޓާ 5 ގެ މަސައްކަތް ކުރިއަށް ގެންދަން އޭނާ ބޭނުންވަނީ "ވަގުތަށާއި ކަނޑައެޅިފައިވާ ބަޖެޓަށް" ކަމަށެވެ.
އެވަޓާ ފްރެންޗައިޒް އަކީ އާދަޔާހިލާފު ވިޝުއަލް އިފެކްޓްސްއި ބޮޑެތި ބަޖެޓުތަކުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ފިލްމުތަކެކެވެ. ނަމަވެސް ކެމަރަން ފާހަގަކުރި ގޮތުގައި، މި ފިލްމުތައް އުފެއްދުމަށް އޭނާ އަމިއްލައަށް އީޖާދުކުރި ޓެކްނޮލޮޖީ މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރާ، ފައްކާވެފަ އެވެ.
އެހެންކަމުން، ދެން ހުރި ފިލްމުތައް ހެދުމުގައި އާ އެއްޗެހި ތަޖުރިބާކުރުމުގެ ބަދަލުގައި، ރޭވުންތެރިކަމާއެކު އަވަހަށް މަސައްކަތް ނިންމުމަށް ފޯކަސް ކުރެވޭނެ އެވެ.
ވަގުތަށާއި ބަޖެޓަށް ސަމާލުކަންދީގެން ޖޭމްސް ކެމަރަން މި ކުރާ މަސައްކަތަކީ، އޭނާގެ މި ބޮޑު ސިނަމެޓިކް ތާރީޚު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިޝާންއަށް އިންޑިއާގެ އަސްކަރީ ޝަރަފެއް
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"
ވަގު ސިނގިރޭޓްތަކެއް އަތުލައިގެންފި