ދިގު މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ ކާމިޔާބު ތަރި އަނުޝްކާ ޝަރްމާ ކެމެރާ ކުރިމަތިން ފެނިލުމާއެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
އަނުޝްކާ ފެނިގެންދަނީ ގަހަނާ ބްރޭންޑެއް ކަމަށްވާ "ގިވާ"ގެ އާ ކަލެކްޝަން "ހީރް" އިޝްތިހާރު ކުރާ ވީޑިއޯއަކުންނެވެ. މި އިޝްތިހާރުގައި އަނުޝްކާ ފެންނަނީ ވަރަށް ފުރިހަމަ ސަގާފީ ހެދުމެއްގައި، ރީތި ގަހަނާތަކެއް އަޅައިގެން ހުއްޓަ އެވެ. މިއީ އޭނާގެ ދެވަނަ ދަރިފުޅު އަކާއީ ލިބުނު ފަހުން އާއްމުވި ފުރަތަމަ ޕްރޮފެޝަނަލް މަސައްކަތެވެ.
އިޝްތިހާރު އާއްމުވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އަނުޝްކާގެ މޫނަށް އައިސްފައިވާ ބަދަލުތަކަށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ، އޭނާ މިހާރު ފެންނަނީ "ވަކިކުރަންވެސް ނޭނގޭ ފަދަ" ތަފާތު ގޮތަކަށް ކަމަށެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަނުޝްކާ ވަނީ އޭނާގެ ތުންފަތަށް ނުވަތަ މޫނަށް ކޮސްމެޓިކް ސާޖަރީއެއް ހަދާފަ އެވެ. ބައެއް މީހުން ވަނީ އޭނާ މާ ބޮޑަށް ހިކިފައިވާތީ އެކަންވެސް ފާހަގަކޮށްފަ އެވެ.
"މިއީ ހަމަ އަނުޝްކާތަ؟ އޭނާގެ މޫނު މުޅިން ތަފާތު،" ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
ދިފާއުގައި ބައެއް ސަޕޯޓަރުން
ނަމަވެސް، އަނުޝްކާގެ ދިފާއުގައި ވާހަކަދެއްކި މީހުން ބުނަނީ މިއީ އޭނާ މޭކަޕް ކޮށްފައިވާ ގޮތުން ނުވަތަ އުމުރުން ދުވަސްވުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ.
"ދެ ދަރިން ވިހެއުމުން އަންހެނުންގެ ހަށިގަނޑަށް ބަދަލު އަންނާނެ. އޭނާ އަދިވެސް ވަރަށް ރީތި،" ސަޕޯޓަރަކު ލިޔެފައިވެ އެވެ.
އަނުޝްކާ އާއި އޭނާގެ ފިރިމީހާ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ، މިފަހަކަށް އައިސް ގިނަ ވަގުތު ހޭދަކުރަނީ ލަންޑަންގަ އެވެ. ދަރިފުޅު އަކާއީ ވިހެއުމަށްފަހު އަނުޝްކާ އުޅެމުންދަނީ މީޑިއާގެ ލޯތަކާ ވަރަށް ދުރުގަ އެވެ.
އަނުޝްކާ ދެން އެންމެ އަވަހަށް ފެންނާނީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ ޖޫލަން ގޮސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ޗަކްދާ އެކްސްޕްރެސް" އިންނެވެ. މި ފިލްމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
މަޖިލީހުގެ ދައުރު މެއި 31 އަށް ދަންމާލައިފި
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަަޅައިފި