ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއީ އާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާރުގެ ކައިވެނީގައ މައްސަލަތަކެއް ޖެހި، ދެމަފިރިން ވަކިވާން އުޅޭކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ފެތުރެން ފަށައިފި އެވެ.
މި ވާހަކަތައް ދެކެވެން ފެށީ، ދެމަފިރިން އެކަކު އަނެކަކު އިންސްޓަގްރާމުން އަންފޮލޯ ކުރުމާ ގުޅިގެންނެވެ. ފޭނުންނަށް މިކަން ފާހަގަވުމާއެކު، ގިނަ ބަޔަކު ދަނީ މިއީ އެމީހުންގެ ގުޅުން ނިމުމަކަށް އަންނަނީތޯ ސުވާލު އުފައްދަމުންނެވެ.
އެކަކު އަނެކަކު އަންފޮލޯ ކުރި ނަމަވެސް، މޯނީ އާއި ސޫރަޖްގެ އިންސްޓަގްރާމް ޕްރޮފައިލްތަކުން އެކަކު އަނެކަކާއެކު ނަގާފައިވާ ފޮޓޯތަކާއި ކައިވެނީގެ ފޮޓޯތައް އަދި ޑިލީޓެއް ނުކުރެއެވެ. މޯނީގެ ޕްރޮފައިލްގައި އަދިވެސް ސޫރަޖަށް ލޯބި ފާޅުކޮށްފައިވާ ޕޯސްޓުތައް އެބަހުއްޓެވެ.
މި ޚަބަރާއެކު ސޫރަޖްގެ އިންސްޓަގްރާމް ޕޯސްޓުތަކަށް ފޭނުން ދަނީ ކޮމެންޓު ކުރަމުންނެވެ. އެގޮތުން "ކީއްވެގެންތޯ އަންފޮލޯ ކުރީ؟" އާއި "ވަރިވަނީތޯ؟" ފަދަ ސުވާލުތައް ފޭނުން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މޫނީ ނުވަތަ ސޫރަޖްވެސް މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މޯނީ ރޯއީ އާއި ދުބާއީގެ އިންވެސްޓްމަންޓް ބޭންކަރެއް ކަމަށްވާ ސޫރަޖް ނަމްބިއާރު ކައިވެނީގެ ގޮތުން ގުޅުނީ ޖެނުއަރީ 2022ގަ އެވެ. ގޯއާގައި ބޭއްވި މި ކައިވެނީގެ ހަފްލާތައް ދިޔައީ ވަރަށް ކުލަގަދަކޮށެވެ. އޭގެ ފަހުން މިވީ ހަތަރު އަހަރު ތެރޭގައި އެދެމަފިރިން ފެނިގެން ގޮސްފައިވަނީ ވަރަށް އުފާވެރި ލޯބި ޖޯޑެއްގެ ގޮތުގަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު މޯނީ މިވަގުތު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ހާއި ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ރިލީޒް ކުރުމަށެވެ. މި ފިލްމަކީ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، ވަރޫން ދަވަން އާއި ޕޫޖާ ހެގްޅޭ މުހިއްމު ރޯލުތަކުން ފެންނަ ފިލްމެކެވެ.
ފިޔާޒާއި ހަސަންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
މަށި މާލި ޕެރޭޑްގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފި
އައިޝްވާރްޔާއާއެކު އާލިއާ ވެސް ކޭންސް ފެސްޓިވަލަށް!