ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އާ ބައްދަލުކުރައްވާނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުން ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ. އަދި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުން، ޔޫކްރެއިންގެ ރައީސާ އަމަލީގޮތުން ބައްދަލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި، އަސީރުން ބަދަލުކުރުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމަށް ރަޝިޔާއާއި ޔޫކްރެއިންއިން ވަނީ އެއްބަސްވެފަ އެވެ. އަދި މި ވަގުތީ މެދުކެނޑުމަކީ ހަނގުރާމަ ނިމުމުގެ ފެށުން ކަމުގައި ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ދެ ފަރާތުންވެސް ވަނީ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުތައް އަމާޒުކޮށްފަ އެވެ.
އޭއެފްޕީ ނޫސް އެޖެންސީން ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުވަސް ފެށުނީއްސުރެ ރަޝިޔާއިން ދިން ހަމަލާތަކުގެ އަދަދު 51 އަށް އަރާފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރީ އިސް އިދާރާއިން ބުނެފައިވެއެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިންވެސް ވަނީ މިކަމަށް ރައްދު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކުރެ އެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިއުލާންކޮށްފައި އޮތް ނަމަވެސް، ޔޫކްރެއިންގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ ޑްރޯންއާއި އާޓިލަރީ ބޭނުންކޮށްގެން ރަޝިޔާގެ ސިފައިން ތިބި ތަންތަނަށް ހަމަލާދީފަ އެވެ.
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
އެމެރިކާއިން އަދިވެސް އީރާނުގެ ޖަވާބެއްގެ އިންތިޒާރުގައި
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟