އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން އިއުލާންކުރައްވާފަ އެވެ.
ނަޝީދު އެކަން އިއުލާންކުރެއްވީ ދެންމެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑުގެ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތަރުޖަމާނަކީ ގައުމީ މަޖިލިސް ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ކަމުގައި ހަމަޖެއްސި ވާހަކަ ދަންނަވަން،" އެ ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ތަރުޖަމާނަކީ ވެސް ވަހީދެވެ. ވަހީދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެންދެން ވެސް ސާބިތުކަމާއެކު އެމްޑީޕީގައި ދެމިހުންނެވި ބޭފުޅެކެވެ.
ނަޝީދުގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
އީރާނުން އެމެރިކާގެ މަނަވަރަކަށް މިސައިލް ހަމަލާތަކެއް ދީފި
މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާގެ ސަބަބުން: މުއްތޮލިބު
