މިިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އަދަދު ނޫހުގެ އޮފީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް ލެޕްޓޮޕެއްގެ ޕާސްވޯޑު ފުލުހުންނަށް ނުދޭން އެ ނޫހުން ނިންމައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޕާސްވޯޑުތައް ދިނުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދު އަންގާފަ އެވެ. އެ ކޯޓު އަމުރުގެ ދަށުން މިއަދު މެންދުރުފަހު 2:00 ގައި އަދަދު ނޫހުގެ ގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
ފިޔާޒުގެ ގާނޫނީ ވަކީލު، އަލީ ހުސައިން ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ފިޔާޒު ގަޒުފު ކޮށްފައި ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
"[އަޅުގަނޑުމެން ވާނީ] މަސްދަރު ހާމަކުރެވެން ނެތް ކަމަށް ބަޔާން ކޮށްފައި، އެއީ ޕާސްވޯޑުތައް ދީފި ކަމަށްވަންޏާމުން މަސްދަތުތައް ހާމަ އެބަވޭ، އެހެންވީމާ މަސްދަރުތައް ހާމަވެދާނެތީ މައުލޫމާތު ދީފައިވާ..، އަދި، މި މައްސަލައާ ގުޅިގެނެއް ނޫން، އެހެން މައްސަލަތަކާ ގުޅިގެން ވެސް މައުލޫމާތު ދީފައި ހުރި ފަރާތްތަކުގެ، އެއީ ކޮންބައެއްކަން އެނގިދާނެތީ ހާމަވެދާނެތީ ހަގީގަތުގައި ޕާސްވޯޑު ދީފައި ނުވަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
އަދަދު ނޫހާ ދެކޮޅަށް ފުލުހުން ތަހުގީގެއް ހިންގަނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް ފެންނާތީ އާއި މަސްދަރު ހާމަނުކުރަމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ވާތީ ޕާސްވޯޑް ނުދޭން ނިންމީ ކަމަށް ވަކީލު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މީހަކު ފަތުރާ ނުވަތަ ޝާއިއުކުރާ ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުތަކާ ގުޅިގެން އެއްވެސް މީހަކަށް އެ މައުލޫމާތުގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން މަޖުބޫރުވާނެ ހާލަތްތައް ބަޔާންކޮށްފައި ވަނީ ވެސް ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި އެކަންޏެވެ.
އަލީ ހުސައިން ވިދާޅުވީ ޕާސްވޯޑު ނުދީގެން އަދަދު ނޫހުގެ ނޫސްވެރިން ޖަލަށް ލިޔަސް ޕާސްވޯޑު ނުދޭނެ ކަމަށެވެ.
"އެހެން ނަމަވެސް، ދައުވާ ކުރިޔަސް، ޖަލަށްލިޔަސް އަޅުގަނޑުގެ ކްލައިންޓު ފިޔާޒު އެ ބުނަނީ އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން މިތިބީ މަސްދަރު ކާމަކުރާ ގޮތަކަށް ނޫނޭ."
އަދަދު ނޫސް ބަލައިފާސްކުރުމަށް ފުލުހުން ދެއްކި ކޯޓު އަމުރުގައި، އެއްވެސް އެއްޗެއް ހިފެހެއްޓުމުގެ އަމުރެއް ނެތެވެ. އެ ކޯޓު އަމުރުގައި އޮތީ ހަމައެކަނި ބަލައިފާސްކުރުމުގެ އަމުރެކެވެ. އެހެންވެ އެތަކެތި ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު %24 ދަށް
އީރާނުން އެމެރިކާގެ މަނަވަރަކަށް މިސައިލް ހަމަލާތަކެއް ދީފި
ދިގު އުމުރަކަށް ބޭނުންވަނީ "ފުރިހަމަ" ދިރިއުޅުމެއް ނޫން!
