އެމެރިކާގެ މަޝްވަރާއާ ނުލައި އީރާނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެ، ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއަކީ ދުނިޔޭގެ އެންމެ އިސް ބާރު ކަމަށާއި، އެމެރިކާގެ ހުއްދައާ ނުލައި ޗައިނާއިން އީރާނަށް އެހީތެރިވަމުންދާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
"އެމެރިކާ އާއި މަޝްވަރާ ކުރުމެއް ނެތި އީރާނަށް އެހީތެރިވާތީ ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ - ސަބަބަކީ އަހަރެންނަކީ ދުނިޔޭގެ އެންމެ އިސް ލީޑަރު ކަމަށްވާތީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ވާހަކަފުޅަށް ރައްދު ދެމުން އީރާނުން ވަނީ ހަރުކަށި ބަޔާނެއް ނެރެފަ އެވެ. އީރާނުން ބުނެފައިވަނީ ދުނިޔޭގެ އާ ނިޒާމެއްގެ ލީޑަރަކީ ދެން ޗައިނާ ކަމަށް އެ ގައުމުން ގަބޫލުކުރާ ކަމަށެވެ.
އީރާނުގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއަކީ ދުނިޔޭގެ ލީޑަރުގެ މަގާމަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށާއި، އެމެރިކާއިން ފާއިތުވި އަހަރުތަކުގައި ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށެވެ.
"އަހަރެމެން މި އިއުލާނު ކުރަނީ މިހާރު ދުނިޔޭގެ އާ ނިޒާމު ކުރިއަށް ގެންދާނީ ޗައިނާއިން ކަމަށް. އެމެރިކާއަކީ އެފަދަ މަގާމެއް ހައްގުވާ ބައެއް ނޫން،" އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް އެމެރިކާއާއި ޗައިނާ އަދި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
މައިކަލް ޖެކްސަން އަށް އިތުރު ތުހުމަތުތަކެއް ކޮށްފި
ޒުވާންކޮށް ހުރުމަށް މާފަސޭހަ ގޮތެއް!