ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އަންޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަންކޮށްފަ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ:
- ހުދާ ފަހީމް، ވިލަރެސް، ކ. ތުލުސްދޫ
- އާއިޝަތު މަލްހާ، ރަސްވެލި، ރ. ރަސްގެތީމް
- އަލީ ޝިނާން، މއ. ރިހިރާޅު
- އާއިޝަތު އަލީ، މ. ވާރޭވިލާ
އެބޭފުޅުންގެ ތެރެއިން ހުދާ އެންމެ ފަހުން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ކޮމިނިއުކޭޝަން ސްޕެޝަލިސްޓެއްގެ މާގާމުގަ އެވެ. އަދި މަލްހާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޓްރެޝަރީ މެނޭޖްމަންޓްގެ އެނަލިސްޓެއްގެ މަގާމުގަ އެވެ. އޭނާ އެ ބޯޑަށް އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިންނެވެ.
އާއިޝަތު ޢަލީ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އަދި އަލީ ޝިނާން ހުންނެވީ، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
މިއަދު އައްޔަން ކުރެއްވި ޑިރެކްޓަރުންގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި، ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ތިއްބަވަ އެވެ. އަދި ހަތަރު ނޮންއެގްޒެކްޓިވް ޑިރެކްޓަރުންނާއި އެގްޒެކްޓިވް ޑިރެކްޓަރަކު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި އާބާދީގެ ނިސްބަތުން ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
