މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެވެ.
ތުރުކީގެ ގައުމީ އެއާލައިން އިން މި ދަތުރުތައް ކުރާނީ ތުރުކީގެ އިސްތަންބޫލާއި މާލެއާ ދެމެދު އެވެ.
ޓާކިޝް އެއާލައިންސްއިން އިތުރުކުރެވޭ ދަތުރުތައް ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. މިގޮތުން އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުކުރާނެ އެވެ.
ޓާކިޝް އެއާލައިންސްއިން މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކު އެވެ. މިއާއެކު މިހާރު ޓާކިޝް އެއާލެއިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެ އާއި އިސްތަންބޫލާ ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6އަށް އިތުރުވާނެ އެވެ.
ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، އިސްތަންބޫލުން ފުރާނީ ރޭގަނޑު 8:20 ގަ އެވެ. މި ފްލައިޓް މާލެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:30 ގަ އެވެ. އަދި މާލެއިން ފުރާނީ ހެނދުނު 8:00 ގަ އެވެ. މި ފްލައިޓު އިސްތަންބޫލުގައި ޖައްސާނީ މެންދުރުފަހު 2:20 ގަ އެވެ.
ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ