ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތަބޫ، މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ވާސޯވާއިން ލަގްޒަރީ އެޕާޓްމަންޓެއް ގަނެފި އެވެ.
މި ހަބަރު މީޑިއާތަކަށް ތިލަވީ މުމްބާއީގެ ޕްރޮޕަޓީ ރަޖިސްޓްރީގެ ލިޔެކިޔުންތަކުން މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ތަބޫ ގަނެފައިވަނީ "ގޯދްރެޖް ސްކައިޝޯ" ނަމަކަށް ކިޔާ އަގުބޮޑު މަޝްރޫއެއްގެ ދަށުން ތަރައްގީ ކޮށްފައިވާ އެޕާޓްމަންޓެކެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތަބޫ މި އެޕާޓްމަންޓް ގަނެފައިވަނީ 10 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު) އަށެވެ.
ޖުމްލަ 2,153 އަކަފޫޓުގެ ބޮޑު މި އެޕާޓްމަންޓުގައި 127 އަކަފޫޓުގެ ބެލްކަންޏެއް ހިމެނެ އެވެ. މާޗު މަހުގެ 26 ވަނަ ދުވަހު އެ އެޕާޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާއިރު އެ އެޕާޓްމަންޓާއެކު ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ދެ ކާރު ޕާކު ކުރާނެ ޖާގަވެސް ހިމެނެ އެވެ.
މި މުއާމަލާތަށް ސްޓޭމްޕް ޑިއުޓީގެ ގޮތުގައި 5.24 ލައްކަ ރުޕީސް އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 30,000 ރުޕީސް ހޭދަކޮށްފައިވެ އެވެ.
ވާސޯވާ ސަރަހައްދަކީ މިހާރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދިރިއުޅެމުންދާ އަދި އާބާދުވަމުންދާ ސަރަހައްދެކެވެ. މީގެ ކުރިން ބަތަލާ ގޯހަރް ޚާން ވެސް ވަނީ މި ސަރަހައްދުން 10 ކްރޯޑަށްވުރެ އަގުބޮޑު އެޕާޓްމަންޓްތަކެއް ގަނެފަ އެވެ.
އަމީތާބް ބައްޗަން އާއި ސަލްމާން ޚާން ފަދަ މަޝްހޫރު ތަރިން ދިރިއުޅޭ ޖޫހޫ އަދި ބަންޑްރާއާ ކައިރި މި ސަރަހައްދަކީ މުމްބާއީގެ ރިއަލް އެސްޓޭޓް މާކެޓުގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ސަރަހައްދެވެ.
އުމުރުން 54 އަހަރުގެ ތަބޫއަކީ އޭނާގެ މޮޅު އެކްޓިންގްގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. މި ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރާއެކު "ބޫތު ބަންގްލާ" އިންނެވެ.
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
މަސް ދޯނި ފަހަރަށް ތެޔޮ ނުލިބޭ ވާހަކަ ޝިޔާމް ދޮގުކުރައްވައިފި
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރަނީ