ވިއްސާރައާއެކު ބޯކޮށް ވާރޭވެހި, މާލޭގެ މަގުތަކުގައި މިއަދު ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެއީ މާލޭ ސިޓީ ކައުންސިލުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ޒަމާނީ ފެންވަރުގެ ބޮޑު ދެ ޕަމްޕެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މާދަމާގެ ނިޔަލަށް މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ނަމަވެސް، ވާރޭވެހި ވިއްސާރަކުރަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!
