ބޮލީވުޑްގެ ވެޓެރަން އެކްޓަރު ދަރްމެންދްރާގެ މަރާއެކު އޭނާގެ އާއިލާއަށް ބޮޑު ހިތާމައަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އޭނާގެ ދަރިއެއް ކަމަށްވާ ބޮބީ ޑިއޯލް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

'އެސްކުއަޔަރ އިންޑިއާ' އަށް ދިން އިންޓަވިއުއެއްގައި ބޮބީ ވަނީ ބައްޕަ ވަކިވެދިޔުމާ ގުޅޭގޮތުންނާއި، އެ ހިތާމައިގެ ސަބަބުން މުޅި އާއިލާ އެއްގަލަކަށް އެރި ގޮތާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ބޮބީ ބުނީ މި ހިތާމައިގެ ސަބަބުން އޭނާގެ އެއްބަފާ ދެ ކޮއްކޮމެން ކަމަށްވާ އީޝާ އާއި އަހާނާއާ އޮންނަ ގުޅުން ބަދަހިވެފައިވާ ކަމަށާއި އާއިލާގެ ގުޅުން ކުރިއަށްވުރެ މިހާރު ވަރުގަދަ ކަމަށެވެ.

އެއާއެކު ބައްޕަގެ މަރާއެކު އޭނާގެ އަމިއްލަ ދިރިއުޅުމަށް ވެސް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ދިރިއުޅުމުގައި އޭނާ އެންމެ އިސްކަންދޭ ކަންތައްތައް ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން މިހާރު އޭނާގެ އަނބި ދަރިންނާއެކު ކުރިއަށްވުރެ ގިނަ ވަގުތު ހޭދަކުރަން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ބޮބީ ބުނެފައިވެ އެވެ.

ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެއް މަސް ދުވަހު ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލި ފަހުން ދަރްމެންދްރާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ދަރްމެންދްރާ މަރުވިއިރު އޭނާގެ ދެ އަނބިން ތިއްބެވެ. ޕްރަކާޝް ކައުރްއާއެކު ފުރަތަމަ ކުރި ކައިވެންޏަށް ބޮބީއާއި ސަނީއާއެކު ދެ ދަރިން ލިބުނުއިރު ހެމާ މާލިނީއާއެކު ކުރި ކައިވެންޏަށް ލިބުނީ އީޝާއާއި އަހާނާ އެވެ.