ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ހިންގުމުގެ ކަންކަން މިއަދު ހުރިގޮތާ މެދު ހިތާމަކުރައްވާ ކަމަށް އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރު އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެމްއޭސީއެލް އިން މިއަދު ފެންނަމުންދަނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑު މެންބަރުކަމުން އޭނާ ވަކިކުރި ސަބަބު ވެސް ނޫރައްދީން ވަނީ ހިއްސާކުރައްވާފަ އެވެ.
"އެ ކުންފުނީގެ ބޯޑުގައި އަޅުގަނޑު ހުރިއިރު، 93 މިލިއަން ރުފިޔާގެ މަޝްރޫއެއް އެއްވެސް ބިޑް ކުރުމަކާ ނުލައި އަދި އެ މަސައްކަތުގެ ތަޖުރިބާ ނެތް އެމްއާރުޑީސީއާ ހަވާލުކުރަން އުޅުމުން އަޅުގަނޑު އެކަމާ ދެކޮޅު ހެދިން. ނަމަވެސް، އެ މަޝްރޫއަކީ "އެންމެ މަތީ ފަރާތުގެ" އިރުޝާދުގެ މަތިން ކުރިއަށްގެންދާ ކަމެއް ކަމަށް އަޅުގަނޑަށް އޭރު އެންގި،" ނޫރައްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަޖުރިބާ ނެތް ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރަން އުޅުމުން އެކަމާ ދެކޮޅު ހެއްދެވުމުން ބޯޑު ބައްދަލުވުން ނިންމާލެއްވުމަށްފަހު ގެއަށް ނުދެވެނީސް މަގާމުން ވަކިކުރީ ކަމަށެވެ.
ސިޔާސީ މަންފާއެއް ހޯދުމަށް އެމްއޭސީއެލް އިން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ދީފައިވާކަމުގެ ހެއްކާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ ސިޔާސީގޮތުން އެމްއޭސީއެލް އިން ވަޒީފާ ދީފައިވާ ގިނަ މީހުން ހިމެނޭ ލިސްޓެއް އާންމުކޮށްފަ އެވެ. އެ ވަޒީފާ ދީފައިވާ މީހުންގެ މުސާރަ އުޅެނީ 20،000 އާއި 30،000އާ ދެމެދުގަ އެވެ.
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރަން ފަށަނީ
ސޮނޭވާ ޖާނީ ރިސޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް
