މަސްތުގެ ހާލަތުގައި ކާރު ދުއްވުމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ހޮލީވުޑްގެ އެކްޓަރު ބްރިޓްނީ ސްޕިއާސް އެންމެ ފަހުން ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވާލައިފި އެވެ.

ބްރިޓްނީ އަމިއްލައަށް އިސްނަގައި ބޭނުންވެގެން ސެންޓަރަށް މިދިޔަ އާދީއްތަ ދުވަހު ގޮސްފައިވާކަން އޭނާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން މީހަކު ޔަގީން ވެސް ކޮށްދިނެވެ.

އުމުރުން 44 އަހަރުގެ ބްރިޓްނީ މަސްތުގެ ހާލަަތުގައި ކާރު ދުއްވަނިކޮށް ހައްޔަރުކޮށް އެ މައްސަލައިގެ އަޑުއެހުން އަންނަ މެއި މަހަށް ވަނީ ތާވަލް ކޮށްފަ އެވެ.

"ގާނޫނަށް އެއްބާރުލުން ދީ ފަރުވާ ފަށަން ބްރިޓްނީ ވަނީ އެއްބަސްވެފައި. މިއީ އޭނާގެ ހަޔާތަށް ގެންނަންޖެހޭ ބަދަލުތަކުގެ ފެށުން" ބްރިޓްނީގެ ރެޕް ބުނެފައިވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރި ކަމަށް މީގެ ކުރިން ބްރިޓްނީ އެއްބަސްވެފައިވާއިރު އޭނާ ވަނީ މި ނޫނަސް އެއް ފަހަރު ރިހެބުން ފަރުވާ ހޯދާފަ އެވެ.

ބްރިޓްނީ މިފަހުން މީޑިއާގެ ސަމާލުކަން ހޯދާފައިވަނީ އޭނާގެ ދިރިއުޅުމުގައި އޭނާގެ ބައްޕަގެ ކޮންޓްރޯލް ނައްތާލަން ކޯޓަށް ހުށައެޅި މައްސަލައިގެ ސަބަބުންނެވެ.