ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި އެވެ.
އެ ކުންފުނިން މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ދެން އެންމެ އަވަހަށް ރިލީޒްކުރާ ފިލްމުގެ ނަމަކީ "ޖަންނަތު" ކަމަށެވެ.
ދިވެހި ފިލްުމީ ދާއިރާގައި ފާހަގަކޮށްލެވޭ ދެ ތަރިން ކަމަށްވާ ޝަރަފްއާއި ޝުހާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި ކޮޕީ އިއްސެ، އަފްރާހް އަދި އަންޖީ ހިމެނެ އެވެ.
އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ ކާމިޔާބު ޑިރެކްޓަރު އަލީ ޝިފާއު އެވެ.
ޑާކްރެއިން އިން ބުނާ ގޮތުގައި މި ފިލްމަކީ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއްގެ ތެރެއިން އުފާވެރިކަމާއި ހަމަޖެހުން ހޯދަން ކުރާ ދަތުރު ފެންނާނެ ފިލްމެކެވެ.
މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ކަމަށް ވެސް ޑާކްރެއިންއިން ބުނެ އެވެ.
ފާހާނާގައި މާ ގިނައިރުކުރާ މީހުންނަށް ޑޮކްޓަރުންގެ އިންޒާރެއް!
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!