އިންޑިއާގެ ޕޫނޭގައި ހުންނަ ބޮލީވުޑްގެ ޒުވާން ތަރި ޓައިގާ ޝްރޮފްގެ 7.5 ކްރޯޑް ރުޕީސްގެ އަގުބޮޑު ގެ ވިއްކާލައިފި ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޓައިގާ ގަތް އެ ގެ ވިއްކާލާފައިވަނީ 8.87 ކްރޯޑް ރުުުޕީސް އަށެވެ. އެއާއެކު އެ މުއާމަލާތުން އޭނާއަށް 18 ޕަސެންޓްގެ ފައިދާއެއް ވަނީ ލިބިފަ އެވެ.
މިހާރު މީޑިއާއަށް ލީކު ވެފައިވާ ލިޔެކިޔުންތަކުގައި ވާ ގޮތުން ޓައިގާގެ އެ ގެ ވިއްކާލާފައިވަނީ ގޭގެ އިތުރުން ތިން ޕާކިން ޖާގައާ ވެސް އެކުގަ އެވެ.
ގާތްގަނޑަކަށް 4000 އަކަފޫޓުގެ އެ ގެ ވިއްކާލާފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޗެރިސް އިންޑިއާ ޕްރައިވެޓް ލިމިޓެޑްއަށް ކަމަށް ހަބަރުތައް ބުނެ އެވެ.
ޓައިގާއަކީ ޒުވާން އުމުރުގައި ބޮލީވުޑުން ގިނަ ކާމިޔާބީތަކެއް ހޯދައި އޭނާގެ އަމިއްލަ މިލްކިއްޔާތު ވެސް މުއްސަނދި ކޮށްފައިވާ ފަންނާނެކެވެ.
ވެޓެރަން އެކްޓަރު ޖެކީ ޝްރޮފްގެ ދަރިއަކަށް ވެ ހުރެ ވެސް ފިލްމީ ދާއިރާގައި ޓައިގާ އަމިއްލައަށް ހާސިލް ކޮށްފައިވާ ކާމިޔާބީތައް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އޮމެގާ 3: ކެއުމުގައި ހިމެނުން މުހިއްމު މާއްދާއެއް!
އައްޑޫގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފި
ސުލްހައިގެ ވާހަކަތަކުގެ ކުރިން އީރާނުން ދެ ޝަރުތެއް