ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކޮށް "އިނގިލި ޖަހާފައި ގޭގައި" ތިބެގެން ބޮޑު މުސާރަތައް ނަގަމުން އަންނަ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުން ވަކިކުރަން ފަށައިފި އެވެ.
މިދިޔަ ހޮނިިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒުގެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ އޮއިވަރެއް މިހާރު ވަނީ ފެށިފަ އެވެ. މިގޮތުން ބައެއް ކުންފުނިތަކުގެ އިސްވެރިން އިއްޔެ ވަނީ ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ. އެ ސިލްސިލާ އަދި އަދި އޮތީ ކުރިޔަށް ސަރުކާރުގެ އިސްވެރިއަކު ވިދާޅުވި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި "ހުރިހާ" އަށް މިއަދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަކިކުރަން ރައީސް މުއިއްޒު މިހާރު ނިންމަވާފައިވާ ކަމަށެވެ.
"އެހާ ގިނަ ބަޔަކަށް ވަޒީފާ ދީގެން ސަރުކާރަށް ލިބުނު މޮޅެއް ނެތް. އެހެންވެ ރައީސް ގަބޫލުކުރައްވަނީ ސަރުކާރުން އެހާ ބޮޑު ހަރަދެއްކޮށްގެން އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދީގެން ގެންގުޅުމަކީ މޮޔަކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"މިހާރު ވެސް ރަށްރަށުގައި އެބަތިބި މަޖިލީހުގެ މެމްބަރުން ބުނެގެން އެތައް ސަތޭކަ ބަޔަކަށް ކުންފުނިތަކުން މުސާރަ ދީފައި ގޭގައި ބައިތިއްބާފައި. އެއިން ގިނަ މީހުން މަސައްކަތެއް ކުރަން އިށީންނާނެ ގޮނޑިއެއް ވެސް ނެތް. އެހެންވެ ފުރަތަމަ މަދުކުރާނީ އެ މީހުންތައް،" އޭނާ ވިދާޅުވި އެވެ. "ހަމައެއާއެކު ވަރަށް ގިނަ ރަށްރަށުގައި ތިބޭނެ ކަމެއް ނެތި މިނިސްޓަރުންގެ ނައިބުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް. އެވެސް މިފަހަރު މަދުކުރާނެ."
އެ އޮފިޝަލް ވިދާޅުވީ ރައީސް މުއިއްޒު އުމްރާއިން ވަޑައިގަތުމަށް ފަހު ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާނެ ކަމަށެވެ. އަދި މިހާރު ވަކިކުރަމުން ދަނީ މިހާރު ބޭރުކުރަން ޖެހޭ ކުންފުނިތަކުގެ އިސްވެރިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބޮޑެތި ސިޓީތަކުގެ އިތުރުން ކުދި ރަށްރަށުގައި ހުރި ފެނަކަ އާއި ވެމްކޯ، މިފްކޯ، އެމްޓީސީސީ ފަދަ ކުންފުނިތަކުން ވެސް އެބަހުރި ޕްރޮމޯޝަނާއި ވަޒީފާގެ ޔަގީންކަން ވެސް އެތައް ސަތޭކަ ބަޔަކަށް ދީފައި. މިހާރު އެކަން ވެސް މަޑުޖައްސާލަން އެ ކުންފުނިތަކަށް ވެސް މިހާރު ދަނީ އަންގަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުން ވެސް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވީ މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި އެކި ފެންވަރުގެ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންގެ އަދަދު 3،000 އަށް އަރާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 30،000 އަށް ވުރެ ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުން ހުރީ ސިޔާސީ މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއް މަދުކުރަން މިފަހަރު. އޭގެ އިތުރުން ކުންފުނިތަކުން ވެސް ބޮޑު ބައެއް މަދުކުރާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކޯހެއްގެ ގޮތުގައި ބިޔޯންސޭގެ ކެރިއަރު ކިޔަަވައިދެނީ!
އެޖެންޑާއާއި ގުޅުވާ މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަ ނުފަތުރާ
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
ރަނގަޅަށް ހަދަނީ. އަދި ވެސް ކަނޑަން ޖެހޭ މީހުން އެބަތިބި ހައްޖު ކޯޕަރޭޝަންގެ. ވެސް މިހާރު އެންމެ ގިނައިން އޮތް ޝަކުވާކީ އެއީ.
ރިޕްލައި