އީރާނުން މެދުއިރުމަތީގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކުންފުންޏަށް އަމާޒުކޮށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ސައުދީ އަރަމްކޯގެ ދަށުން ހިންގާ ސައުދީ ބޭސިކް އިންޑަސްޓްރީޒް ކޯޕަރޭޝަން (ސަބިކް) އަށެވެ.

ސައުދީގެ ސަބިކް އަކީ މުޅި މެދުއިރުމަތީގައި ވެސް އޮތް މިފަދަ އެންމެ ބޮޑު ކުންފުންޏެވެ. އަދި މިއީ މުޅި ދުނިޔެއަށް ބަލާއިރު ހަތަރުވަނައަށް އެންމެ ބޮޑު ޕެޓްރޯކެމިކަލް އުފައްދާ ކުންފުންޏެވެ.

ދުނިޔޭގެ ރޭންކިންގްގައި ސަބިކްގެ ކުރީގައި އުޅެނީ މަޝްހޫރު ޑޫޕޮންޓް، ބީ.އޭ.އެސް.އެފް އަދި ސިނޯޕެކް އެވެ.

މި ހަމަލާއާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. ސަބިކް ފަދަ ބޮޑު ސިނާއީ މަރުކަޒަކަށް ދެވުނު މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް މިއީ ދުނިޔޭގެ ހަކަތައާއި ކެމިކަލް އުފެއްދުމުގެ ބާޒާރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.