ވޯޓާ ގުޅުވައިގެން ދޭ އުމްރާ ދަތުރަކީ ހައްގުނޫން ގޮތުގައި ލިބޭ މަންފާއެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ބާތިލްތަކެއް ނުކެއުމަށް ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައިވާ ކަމަށެވެ.
ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވަނީ ރިޝްވަތު ދޭމީހާއި ހިފާމީގެ މައްޗަށް ﷲ ތައާލާ ލައުނަތް ލިބިގެންވާ ކަމަށެވެ. އަދި އެހެން ހަދީސްފުޅެއްގައި ރިޝްވަތުދޭމީހާއި ހިފާ މީހާއަކީ ނަރަކަވެރިންކަމުގައި އައިސްފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
ޖަމީލް ވިދާޅުވީ ރިޝްވަތަކީ އުއްމަތުގެ އިޖްމާއުން ބޮޑުވެގެން ހަރާމްކަމެއް ކަމަށެވެ. އިލްމުވެރިން ވިދާޅުވަނީ ރިޝްވަތުގެ ތެރޭގައި މުދަލާއި ހިދުމަތްތަކާއި ނުޙައްގު މަގާމްތައް ހިމެނޭކަމަށެވެ.
ރިޝްވަތުގެ ނުބައި ނަތީޖާގެ ގޮތުގައި، ﷲ ތައާލާގެ ރަހްމަތުން ބަރީއަވުމާއި، ނިކަމެތިންނާއި އަނިޔާލިބޭ މީހުންގެ ހައްގަށް އަރައިގަތުންކަމަށް ބެލެވުމާއި، ތިމާއާ ތިމާގެ ދަރިންނާ ނަސްލަށް ހަލާކުވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ، ވޯޓު ވިއްކުމާ، ވޯޓާއި ގުޅިގެން މީހުން އަތުން ހޯދާ ތަކެއްޗާ، ދީނީ އަޅުކަމުގެ ގޮތުގައި ހޯދާ އުމްރާ ދަތުރުފަދަ ކަންތައްވާނީ ބާތިލް ގޮތުގައި ހޯދާ ތަކެއްޗަށް. ރިޝްވަތަކީ އިލްމުވެރިންގެ ނަޒަރުގައި ބޮޑަތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި
ސަލްމާންގެ "ސެކިއުރިޓީ"އާ މެދު ކަންބޮޑުވުންތަކެއް!
