ވީޑިއޯ ގޭމްތަކުގެ ސިނަމެޓިކް އެޑެޕްޓޭޝަންތައް އާއްމުވަމުން އަންނައިރު "ސުޕަ މާރިއޯ ގެލެކްސީ މޫވީ"އަކީ ވެސް ބެެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަތް ފިލްމެކެވެ.

2023 ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒްކުރި އެ ފިލްމުގެ ދެވަނަ ބައި މިހާރު ބެލުންތެރިންނާ ހިސާބަށް އައިސްފައިވާއިރު މިފަހަރުގެ ފިލްމަކީ ވެސް ކުރީގެ ފިލްމު ފަދަ ޝައުގުވެރި ފިލްމެކެވެ.

އެގޮތުން މި ފިލްމުގައި ކުރީގެ ކެރެކްޓަރުންނާއެކު އާ ކެރެކްޓަރުންތަކެއް ވެސް ތައާރަފް ކުރެވިފައިވާއިރު މުޅިން އާ ކަންތައްތަކެއް ވެސް ފެނިގެންދެ އެވެ.

މި ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ބޮޑަށް އަލިއަޅުވާލެވިފައިވަނީ ޖައްވުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ކަމަށް ހަބަރުތައް ބުނެ އެވެ.

"ސުޕަ މާރިއޯ ގެލެކްސީ މޫވީ"ގެ ދެވަނަ ބަޔަށް އަޑު އަޅައިދިން މުހިއްމު ތަރިންގެ ތެރޭގައި ޓޭލާ ޖޯއީ، ކީގަން މައިކަލް އަދި ޖެކް ބްލެކް ހިމެނެ އެވެ.

ސުޕަ މާރިއޯއަކީ މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލު ވީޑިއޯ ގޭމަކަށް ވާއިރު އެ ގޭމަށް ބިނާކޮށް އުފައްދާފައިވާ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.