ހައި އެޗީވާސް ސްކޮލާޝިޕްގައި ރާއްޖޭގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރުން މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ރޭ ނިންމައިފި އެވެ.
ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ދިނުމުގެ އުސޫލު އިސްލާހުކޮށް އެ މިނިސްޓްރީން ރޭ އާންމުކުރި އާ އުސޫލުގައިވާ ގޮތުން، ކޯސް ފެށޭތާ 10 ދުވަހުގެ ތެރޭގައި އެ އެލަވަންސް ހަމަޖައްސައިދީ، ކޯސް ނިމުމުގެ 10 ދުވަސް ކުރިއާ ހަމައަށް ކޮންމެ މަހަކު އެ ފައިސާ ދޭނެ އެވެ.
އެއް ގައުމުން ކިޔެވުން ނިންމައި އެހެން ގައުމެއްގައި ކިޔެވުން ފެށުމާ ދެމެދު އޮންނަ މުއްދަތުގައި ސްޓައިޕެންޑް ދޭނީ ގިނަވެގެން ތިން މަސް ދުވަހަށް ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ސްކޮލާޝިޕް ލިބުމުގެ ޝަރުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރީގެ އުސޫލުގެ ދަށުން ފަސް މާއްދާއިން އޭ ހޯދައިގެން އެ ސްކޮލާޝިޕް ލިބުނު ނަމަވެސް، މިހާރު ތިން މާއްދާއިން އޭ އަދި ދިވެހި އިސްލާމުން އޭ ސްޓާ ހާސިލުކުރަންޖެހެ އެވެ.
މި ސްކޮލާޝިޕް ހާއްސަކޮށްފައި ވަނީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށެވެ. ބެޗްލާސް ޑިގްރީ އާއި މެޑިސިން އަދި ޑެންޓިސްޓްރީގެ އިތުރުން، ބެޗްލާސް ޑިގްރީއާ އެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކަށް ވެސް މި ސްކޮލާޝިޕް ލިބެ އެވެ.
12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
އެމެރިކާގެ ބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ކާޑެއްދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް