މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އައި ފްލައިޓްތައް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ.
އެގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން ޑާކާއަށް ދަތުރު ފަށާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. އަލުން ފަށާއިރު ހަފުތާއެކު ތިން ދުވަހު ފްލައިޓްތައް ބާއްވާނެ އެވެ.
މީގެ ދެ ހަފުތާ ކުރިންމޯލްޑިވިއަންއިން ޑާކާއަށް ބާއްވަމުން އައި ފްލައިޓްތައް މެދު ކަނޑާލީ އެ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގަލްދޭޝް ލޭބަރުން މަސައްކަތް ކުރަމުންދާއިރު މޯލްޑިވިއަން ފްލައިޓްތަކުން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދަތުރު ކުރެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންގަލްދޭޝްއިން އެޅި ފިޔަވަޅުތަކާއެކު އެ ގައުމަށް ދަތުރުކުރާ މީހުން 14 ދުވަހު ކަރަންޓީނު ވާން ޖެހެއެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!