އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ ދެކުނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަަމަށް ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތް ހޫތީންގެ އަސްކަރީ ތަރުޖަމާނު ހާމަކުރައްވައިފި އެވެ.
ޔަމަނުގެ ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހުޔާ ސަރީ ވިދާޅުވީ މި އޮޕަރޭޝަނަކީ އެ ސަރަހައްދަށް އަމާޒުކޮށް މިސައިލް ފޮނުވުމުގެ ސިލްސިލާގެ ތެރެއިން ހިންގުނު ފުރަތަމަ އޮޕަރޭޝަން ކަމަށެވެ. އަދި މި ހަމަލާތައް ދީފައިވަނީ ސަރަހައްދީ އެހެން ބާރުތަކާ ގުޅިގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހޫތީންގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ ޔަމަނުގެ ފުރަތަމަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އީރާނާއި ލުުބުނާނުގެ ހިޒްބުﷲ އިން ހިންގަމުންދާ ބަތަލުހިފުމުގެ އޮޕަރޭޝަންތަކާ ދިމާވާގޮތަށް ކަމަށެވެ. މިއީ އިޒްރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ފަލަސްތީނާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، މަގްސަދުތައް ހާސިލްވަންދެން ހޫތީންގެ އަސްކަރީ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ އިންޒާރު ވެސް ތަރުޖަމާނު ވަނީ ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ދެކޮޅުވެރިކަމުގެ ހުރިހާ ފްރަންޓެއްގައި ހިންގާ އުދުވާންތައް ހުއްޓުމަކަށް އަންނަންދެން ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
ވޯޓުގައި 60 ޕަސެންޓް ރައްޔިތުން ބުނާނީ ނޫނެކޭ: ސޯލިހު
އިންޑިއާއިން ޕެޓްރޯލް އާއި ޑީސަލުން ނަގާ ޑިއުޓީ ކުޑަކޮށްފި
ގަސް ނުހެދެނީ ސްޓްރެސް ވާތީ!