މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއު ނިންމައި އާންމުންނަށް ހުޅުވާލުމާ އެކު، ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮށީގެ ސަރަހައްދަކީ ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިއަދުން ފެށިގެން އެ ސަރަހައްދުގައި ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމައި، އެ ސަރަހައްދުގެ މަގުތައް މިހާރު ވަނީ އާންމު ދަތުރުފަތުރަށާއި ބޭނުންތަކަށް ރަސްމީކޮށް ހުޅުވާލާފަ އެވެ. މި މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދިޔަ ދުވަސްވަރު، އެ ސަރަހައްދު ބޭނުންކުރަމުންދިޔަ އާންމު ފަރާތްތަކަށް ލަފާފުރުމުގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިނުވާނެހެން ހާއްސަ އިންތިޒާމުތަކެއް ވަގުތީގޮތުން ހަމަޖައްސާފައި އޮތެވެ. ނަމަވެސް މަގު ހެދުމުގެ މަސައްކަތްތައް ނިމި، އާންމު ބޭނުންތަކަށް މަގު އަލުން ހުޅުވުމާއެކު، އާންމުކޮށް ލަފާފުރުމަށް ބޭނުންކުރާނެ ވަކި ހާއްސަ ސަރަހައްދުތަކެއް މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅައި ބަހާލާފަ އެވެ.
ހައުސިން މިނިސްޓްރީން ވަނީ މި ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް މި އާ އުސޫލުތަކަށް ބޯލަނބައި، ގައުމީ ސަލާމަތީ ބާރުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އާންމު ބޭނުންތަކަށް ލަފާފުރުމުގެ ކަންކަން ކުރިއަށްދާނީ މާލޭގެ ދެން ހުރި ހުއްދަ ދެވިފައިވާ ބަނދަރުތަކުން ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
ބައެއް ފަރާތްތަކުން ދަނީ އެސްޖޭ ކުންފުނި ކުށްވެރިކުރަމުން: ޝަހީމް
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި
