ފިރިހެނުންގެ ތުނބުޅި ބަހައްޓައި އެ ސާފުތާހިރުކަމާއެކު ދިގު ކުރުމަކީ އަހަރުމެންގެ ދީނުގައި ވެސް ބާރު އަޅުއްވާފައިވާ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.
އެއީ ފިރިހެނުންގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ކަމެއް ކަމަށް ދެބަސްވާނެ މީހަކު މަދުވާނެ އެވެ. ޒީނަތްތެރިކަމާ އެއްވަރަށް ތުނބުޅި ބެހެއްޓުމަކީ އެކަމުން ސިއްހީ ފައިދާތައް ވެސް ލިބޭ ކަމެކެވެ.
އިރުގެ ދޯދިތަކުން ރައްކާތެރި ކޮށްދިނުން
ފިރިހެނުންނަކީ ގިނަ ވަގުތު އަވީގައި އުޅޭ ބައެކެވެ. މިހެން އުޅޭ އުޅުމުގައި ތުނބުޅި ހުންނަ ނަމަ މޫނުގެ ހަންގަނޑަށް އިރުގެ ގަދަ އަވިން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެ އެވެ. އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހަންގަނޑު ރޫޖެހުމާއި ހަމުގެ ކެންސަރު ހިމެނެ އެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރި ކޮށްދިނުން
ވައިގެތެރޭގައި ދައުރުވާ އެކިއެކި ޖަރާސީމު އަނގައިގެ ތެރެއަށް ވަނުމަށް ތުނބުޅި ހުރަސް އަޅަ އެވެ. ނޭފަތުގެ ހިނދުރީގައި ފަޅާ އިސްތައްޓާއި ތުނބުޅިއަކީ، ފުއްޕާމެއާއި ކަރުތެރެއަށް ޖަރާސީމު ފޯރުމުގެ ފުރުސަތު ކުޑަކުރުމަށް ލެވިފައިވާ ފަށަލަތަކެކެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލާ ނިޒާމުގެ ބަލިތައް ދުރުކޮށްދެ އެވެ.
އިންފެކްޝަންތަކުން ސަލާމަތް ކޮށްދިނުން
ޖަރާސީމުގެ ސަބަބުން ހަންގަނޑަށްޖެހޭ އިންފެކްޝަންތަކާއި އެކްނޭ ފަދަ މައްސަލަތައް ތުނބުޅީގެ ސަބަބުން ކުޑަކޮށްދެ އެވެ. ގުދުރަތީގޮތުން ހަންގަނޑުގައި ޖަރާސީމު ހުންނާނެ އެވެ. އަދި ތުނބުޅި ބާލާނަމަ ހަމުގައި ހަލާކުވާ ތަންތަނަށް މި އިންފެކްޝަން ވަދެ ހަންގަނޑު ހަލާކުވާން މެދުވެރިވާނެ އެވެ.
ބޮލީވުޑްގެ ތަރިންގެ ތައުލީމީ ފެންވަރަށް ނަޒަރެއް!
"އިންތިހާބުތައް އެއްކޮށްލައިފި ނަމަ 'ރީތި ބޮނޑިއެއް' ލިބިދާނެ"
ކެންސަރުގެ ނުރައްކާ ބޮޑުކޮށްދޭ މި އާދަތަކަށް ސަމާލުވޭ!