ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޕީއެންއެފް އިން ބުނީ މާދަމާ ރޭ 20:30 ގައި ފެށުމަށް ތައްޔާރުވަމުންދާ މި ޖަލްސާއަކީ ރެފެރެންޑަމްއާ މެދު ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި، ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަޕޯޓަރުންނަށް މުހިންމު މެސެޖުތަކެއް ދެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
ޕީއެންއެފް އިން އާޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާތަކުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނަގާ ވޯޓުގައި ޔާމީންގެ ސްޓޭންޑަކީ "ނޫނެކޭ" އެވެ.
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
އީރާނުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެފި
