ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައި ވަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމިކަން އަންގައިފަ އެވެ.
ކުރީގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.
ނަމަވެސް އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމިކަމެއް އަދި އަންގާފައެއް ނުވެ އެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާގައި ގާނޫނީ ވަކީލު އަލީ ހުސައިން ވެސް ވަނީ ރެފެރެންޑަމާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމުގެ މުއްދަތު ހަމަވެފައިވާތީ އެ ބިލު ބާތިލް ކޮށްދިނުމަށެވެ. ހަމައެއާއެކު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ވޯޓާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި އެ ޕާޓީން ހުށަހެޅި މައްސަލަ ތިން ފަހަރަށް ސިވިލް ކޯޓުން ވަނީ ރިޖެކްޓުކޮށްފަ އެވެ. އެ ޕާޓީން ވަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށްދީ، ޝަރީއަތް ކުރިއަށް ގެންގޮސްދިނުމަށް އެދިފަ އެވެ.
ބިންކޮޅު ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތް ހަދަނީ
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި