ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންހްގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރް 2"އަށް ބޮކްސް އޮފީހުގައި ރެކޯޑް ކާމިޔާބީއެއް ލިބެމުން އެބަދެ އެވެ.
އަދިތުޔާ ދަރް ޑައިރެކްޓްކޮށް ރަންވީރުއާއި ސަރާ އަރްޖުން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކޮށްފައިވަނީ މިދިޔަ އަންގާރަ ބުރާސްފަތި ދުވަހު އެވެ.
އެގޮތުން ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް 145 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ބޮކްސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޖެހިގެން އައި ހުކުރު ދުވަހު އެ ފިލްމަށް ލިބުނު 81 ކްރޯޑް ރުޕީސްއާއެކު އެ ފިލްމުގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 220 ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް އަރާފަ އެވެ.
މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިންދީ ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. އެގޮތުން އެ ފިލްމުން ވަނީ އެންމެ ދެ ދުވަހުގެ ތެރޭގައި މިފަހުން ރިލީޒް ކުރެވުނު އެހެން ފިލްމުތަކަށް ލިބުނު އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި އެ ފިލްމުގެ ފުރަތަމަ ބައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ރަންވީރުގެ އިތުރުން އަކްޝޭ ހަންނާގެ ހުށައެޅުމަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
އީރާނުގެ ނިއުކްލިއާ މާއްދާތައް ފޭރިގަންނަން ޓްރަމްޕް ރާވަނީ
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ރޯދައަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!