"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރަމަޟާން މަސް ނިމި ޝައްވާލު މަހުގެ ހަ ރޯދައާ ކުރިމަތިލާފައިވާއިރު ގިނަ ބައެއްގެ ހިތުގައި އުފެދޭ އެއް ސުވާލަކީ ރަމަޟާން މަހުގެ ގަޟާ ރޯދަތަކަށްވުރެ ޝައްވާލު މަހުގެ ހަ ރޯދަ އިސް ކުރަންޖެހޭނެތޯ ކުރެވޭ ސުވާލެވެ.
ސުވާލު: ރަމަޟާން މަހުގެ ރޯދަތައް ގަޟާ ނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފޭނެތަ؟
ޖަވާބު: މިއީ އިލްމުވެރިންގެ މެދުގައި އިޚްތިލާފުތައް އުފެދިފައިވާ ކަމެއް ނަމަވެސް ގިނަ އިލްމުވެރިން ބުރަވާ ގޮތަކީ ޝައްވާލު މަހުގެ ހަ ރޯދައިގެ ކުރިން ގަޟާ ރޯދަތައް ހިފަން ޖެހޭނެ ކަމަށެވެ.
ސަބަބެއް ކަމުގައި އެ ބޭކަލުން ވިދާޅުވަނީ ރަމަޟާން މަހުގެ 29 ނުވަތަ 30 ރޯދަ ހަމަނުކޮށް އެމަހުގެ ރޯދަތައް ފުރިހަމަ ކުރެވުނީ ކަމުގައި ނުބެލެވޭނެތީ އެވެ. ހަމައެއާއެކު ޝައްވާލު މަހުގެ ހަ ރޯދައަކީ މުޅި މަހަށް ބަހާލައިގެން ހިފޭނެ ރޯދަތަކެއް ކަމަށް ވެސް އެ ބޭކަލުން ފާހަގަ ކުރެ އެވެ.
އެހެން ނަމަވެސް އެއާ ޚިލާފަށް ބައެއް އެހެން އިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ ހަދީޘްފުޅަށް ބަލާއިރު ރަމަޟާން މަހަށްފަހު ޝައްވާލު މަހުގެ ރޯދަތައް ހިފުމަކީ އެންމެ ރަނގަޅު ގޮތެވެ.
މި ކަމުގައި އިލްމުވެރިންގެ މެދުގައި އިޚްތިލާފުތައް އުފެދިފައި ހުރުމާއެކު އެންމެ މޮޅު އިތުރު ގޮތަކީ ގިނަ އިލްމުވެރިން ބުރަވާ ގޮތަށް އަމަލު ކުރުމެވެ.

ދިރާގުން ފިތުރު އީދާ ގުޅިގެން ސައުދީއަށް ހިލޭ ގުޅޭނެ
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
އިޒްރޭލަށް ފޮނުވާ މިސައިލްތައް ހުއްޓުވާ ގައުމުތަކަށް އިންޒާރެއް