އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކުރިއަށް އޮތް އިންތިހާބަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. އެއީ ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަލިފާނުގެ ހާދިސާގައި މުޅި ގުދަން އެއްކޮށްވަނީ އަނދާފަ އެވެ.
އަލިފާން ރޯވީ އިލެކްޝަންގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށް ވިޔަސް، އެ ހާދިސާގައި އީސީގެ މަރުކަޒުގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
އިންތިހާބަށް ބޭނުންވާ ލިޔެކިއުންތައް ވެސް ސަލާމަތްތެރިކަމާ އެކު، އެ އިމާރާތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ 4ގައި އޮންނަ އިންތިހާބު ބޭއްވުމަށް އެއްވެސް ބުރަލެއް އެކަމަކުން ނާރާނެ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި އެވެ.
އެގޮތުން އަލިފާނުގެ ހާދިސާގެ ސަބަބުން ރޭ މެދުކަނޑާލި ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތްވެސް މިއަދު އަލުން ވަނީ ފަށާފަ އެވެ. ވަގުތީ ގޮތުން އެ މަސައްކަތްތައް ކުރަމުންދަނީ ސޯޝަލް ސެންޓަރުގަ އެވެ.

ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް
ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި