"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރަމަޟާން މަހާ ގުޅިފައިވާ އެންމެ މަތިވެރި އެއް އަޅުކަމަކީ ފިތުރު ޒަކާތް ނެރުމެވެ. ޝަރުތުތައް ހަމަވާ އެންމެހާ މުކައްލަފުން ފިތުރު ޒަކާތް ނެރުމަކީ ވާޖިބެކެވެ.
ސުވާލު: ފިތުރު ޒަކާތް ނެރެވޭނެ އެންމެ ފަހު ވަގުތަކީ ކޮބާ؟
ޖަވާބު: ފިތުރު ޒަކާތް ނެރުމަށް އޮތް އެންމެ ފަހު ވަގުތަކީ ފިތުރު އީދު ދުވަހުގެ އީދު ނަމާދުގެ ކުރި އެވެ. އީދު ނަމާދުގެ ފަހުން ޒަކާތް ނެރެފިނަމަ އެ ވާނީ ސަދަގާތަކަށެވެ.
ފިތުރު ޒަކާތް ނެރުުމުގައި ގިނަ އިލްމުވެރިން ބުރަވާ ގޮތަކީ ނުވަތަ އެންމެ މޮޅު އިތުރު ގޮތަކީ އީދު ދުވަހާ ކައިރި ކޮށްފައި (ފަހު ދިހައިގެ ދުވަސް ތަކުގައި) ޒަކާތް ނެރުމެވެ.
ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ ބައަކު އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ އީދު ދުވަހު އޭނާއާއި އޭނާގެ އާއިލާ ކެއުމަށްފަހު ބާކީވާ މިންވަރަށް ހުރި ނަމަ އެވެ.
މި އަހަރުގެ ރަމަޟާން މަސް ނިމެން ކައިރިވެފައިވާއިރު މިހާތަނަށް ފިތުރު ޒަކާތް ނެރެފައިނުވާ އަޚުންނާއި އުޚުތުންނަށް އެކަން ކުރުމަށް ހަނދާން ކޮށްދެމެވެ.

ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި
ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުނުތަ؟
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި