އިރާނުގެ ގައުމީ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ލަރިޖާނީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ތެހެރާންގައި ބޭއްވި ގުދުސް ދުވަހުގެ ހިނގާލުމުގެ ތެރެއިންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އިރާނުގެ ސަރުކާރުން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން މިހެން ބުނެފައި ވަނިކޮށް ލަރިޖާނީގެ އެކްސް އެކައުންޓުން ވަނީ ފާރިސީ ބަހުން އޭނާގެ ބަޔާނެއް އާއްމުކޮށްފަ އެވެ.
އިރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އަދި ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް ބޭފުޅެއް ކަމަށްވާ ލަރިޖާނީ އަވަހާރަވި ކަމަށް ބުނާ ޚަބަރު ފެތުރިފައި މިވަނީ، އިރާނުގެ އަސްކަރީ އަދި ޖާސޫސީ އިސް ބޭފުޅުންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދޭނެ ކަމަށް އެމެރިކާއިން އިއުލާންކޮށްފައި ވަނިކޮށެވެ.
މި ލިސްޓުގައި އިސްލާމިކް ރިވަލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުންހުރި 10 ބޭފުޅަކު ހިމެނޭއިރު، އޭގެ ތެރޭގައި ލަރިޖާނީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށާއި، އެމަނިކުފާނުގެ ބަދަލުގައި މިހާރު މަގާމާ ހަވާލުވެވަޑައިގެން ހުންނެވީ ދަރިކަލުން މޮޖްތަބާ ޚާމަނާއީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން، އީރާނުގެ ބަސީޖް ޕެރާމިލިޓަރީ ފޯސްގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ ވެސް ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލު ސިފައިން ވަނީ ބުނެފަ އެވެ. ބަސީޖް ފޯސްއަކީ އިރާނުގެ އައިއާރްޖީސީގެ ދަށުން ހިންގާ، އެ ގައުމުގެ ދާހިލީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ލަޝްކަރެކެވެ.

އެމްޑީޕީގެ ކެމްޕޭން ބެނާތައް ނަގައި އެޗްޑީސީން ހަލާކުކޮށްލައިފި
އެމްޕީއެލްއަށް ތިންވަނަ ޑެޕިއުޓީ އެމްޑީ އައްޔަންކޮށްފި