ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ދައުލަދަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ އިން ކެމްޕޭން ކުރަމުންދާ މައްސަލަ ބޮޑުވެއްޖެ އެވެ.
މި ރެފެރެންޑަމްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާރުއަޅަނީ ދެ އިންތިހާބު އެއްކޮށްލުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، ކުރީގެ މެންބަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ދަނީ މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ.
ޕީއެސްއެމްއިން ވަކި ފަރާތަކަށް ޖެހިގެން ކެމްޕޭން ކުރާ މައްސަލާގައި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ސޮއިކުރައްވައި ވިދާޅުވެފައިވަނީ، މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އިސްކަންދެނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ.
ޕީއެސްއެމްއިން "ހޭލުން" ނަމުގައި ފަށާފައިވާ ޕްރޮގްރާމްގައި މިހާތަނަށް ފުރުސަތު ދީފައިވަނީ ހަމައެކަނި ސަރުކާރުގެ ވިސްނުން ޕްރޮމޯޓުކުރުމަށެވެ. ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭ ކަމަށް ޕީއެސްއެމްއިން ބުނި ނަމަވެސް، އެ ޕްރޮގްރާމްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބައިވެރިވެ، ދެ އިންތިހާބު އެއްކުރުމަށް ވަކާލާތު ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
މި މައްސަލާގައި ހަމަހަމަ ފުރުސަތު ނުލިބޭތީ، އެމްޑީޕީގެ އިސް ބޭފުޅުން މިއަދު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބާ ބައްދަލުކުރުމަށް އެ އޮފީހަށް ގޮސްފަ އެވެ. ނަމަވެސް ޝަކީބާ ބައްދަލުވާގޮތް ނުވުމުން، އެމްޑީޕީން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޕީއެސްއެމް މިހާރު ހިންގަމުންދަނީ ގާނޫނާ ހިލާފަށް، ޕީއެންސީގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ކަމަށެވެ. ދައުލަތުގެ މީޑިއާއަކީ އެޑިޓޯރިއަލް މިނިވަންކަމާއެކު ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދޭންޖެހޭ ތަނެއް ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އަމަލުކުރަމުންދާ ގޮތުން އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ

އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!