މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފި އެވެ.
މޯލްޑިވް ގޭސްއިން މިފަދަ ފިޔަވަޅެއް އެޅީ ހަނގުރާމައިގެ ސަބަބުން އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކުން ގޭސް ކޮންޓްރޯލްކޮށްގެން ވިއްކަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ.
ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް އެ ކުންފުނިން މިހާރު ވިއްކަނީ 100 ރުފިޔާއަށެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ވެސް އަދި ސަރުކާރުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި
