ބޮލީވުޑްއަކީ އަބަދުވެސް އެ ދާއިރާގައި ދެކޮޅުވެރިކަމާއި ހަމަނުޖެހުންތައް ހިނގާ ދާއިރާއެކެވެ. މިފަދަ ކަންކަމުގެ ސަބަބުން އެކުގައި މަސައްކަތް ކުރަން ބޭނުންނުވެ އެކަމަށް ދެކޮޅު ހަދާ ފަހަރު ވެސް އާދެ އެވެ.
އެގޮތުން ދާދި ފަހަކާ ޖެހެންދެން ވެސް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާންއަކީ ބޮލީވުޑްގެ ތަރިއެއް ކަމަށްވާ އަކްޝޭ ޚަންނާއާއެކު މަސައްކަތް ކުރަން ބޭނުންނުވި ޑައިރެކްޓަރެކެވެ.
މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަރާ ބުނީ 1990ގެ އަހަރުތަކުގައި ސިއްހީ ސަބަބަކާ ހުރެ އަކްޝޭގެ އިސްތަށި ފައިބަމުން ދިއުމާއެކު އޭނާ ފާހަގަ ކުރެވިފައިވަނީ ވަރަށް ރުޅިގަދަ މީހެއްގެ ގޮތުގައި ކަމަށެވެ.
އަކްޝޭއާއެކު ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ފަރާ އެ ތަޖުރިބާ ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ އަކްޝޭއަކީ ސެޓުގައި އެހާ ރަނގަޅު އެކްޓަރެއް ނޫން ކަމަށާއި ސެޓަށް އައިސް ރުޅިގަދަވެ އެއްޗެހި އުކައި ހަދާ ކަމަށެވެ.
"އަކްޝޭއާއެކު ފިލްމެއްގައި މަސައްކަތް ކުރަން ހުށައަޅައިފި ނަމަ އަހަރެން ބުނަން އަހަންނަކަށް ވަގުތެއް ނެތޭ. އޭނާއަކީ އޭރު ވަރަށް ތަފާތު މީހެއް" ފަރާ ބުންޏެވެ.
އަކްޝޭއާއެކު މަސައްކަތް ކުރަން މީގެ ކުރިން ފަރާ ބޭނުންނުވި ނަމަވެސް މިއަދު އެ ދެތަރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ފަރާ ބުނެފައިވެ އެވެ.

ރޯދަ މަލާފަތް: ދެގޮތެއް ނުވި ކުޅި ރިހަ!
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަަމަށް ބުނެ އޮޅުވާލަނީ